ޚަބަރު

އެއް އަހަރު ފަހުން "ތެރާ މެރާ ސާތު ރަހޭ" ނިންމާލަނީ


މިދިޔަ އަހަރު ސްޓާ ބާރަތް އިން ދައްކަންފެށި ޓީވީ ސީރީޒް "ތެރާ މެރާ ސާތް ރަހޭ" ނިންމާލަން އުޅޭކަމަށް އެ ސީރީޒްގެ ލީޑް އެކްޓަރު މުޙައްމަދު ނާޒިމް ބުނެފިއެވެ.

މި ސީރީޒްގެ އެންމެ ފަހު އެޕިސޯޑު އޮން އެއާކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. ސީރީޒް ހުއްޓާލަނީ ކޮން ސަބަބަކާއިހުރެ ކަމެއް ނޭގެއެވެ. މިކަމާއި ގުޅިގެން ނާޒިމް ބުނީ ސީރީޒް އަދި 2 އަހަރު ނޫނީ 3 އަހަރު ވަންދެން ކުރިއަށް ގެންދާނެ ނަމައޭ އޭނާ ހިތަށް އަރާކަމަށެވެ.

މިހާރު ފަށާ ގިނަ ޝޯވތައް އަހަރު ނުވާނީސް ނިންމާލާކަމަށް ނާޒިމް ފާހަގަކުރިއެވެ. މިހެން ދިމާވަނީ ޓީވީ އޯޑިއަންސުގެ ބޮޑު ބައެއް މިހާރު އޯޓީޓީ ޕްލެޓްފޯމަށް ޚާއްޞަވެފައިވާތީކަމަށް ނާޒިމް ބުނެއެވެ. ނަމަވެސް އޮން އެއާ ކުރާތާ ގިނަ ދުވަސްތަކެއްވެފައިވާ ޝޯވތައް މިހާރުވެސް އެބަހުރި ކަމަށް ނާޒިމް ބުންޏެވެ. އަދި "ތެރާ މެރާ ސާތް ރަހޭ" ނިންމާލިއަސް އެނާ ބްރޭކަކަށް ނުދާނެކަމަށް ނާޒިމް ބުނެއެވެ.

ނާޒިމް މަޝްހޫރުވީ ސްޓާޕްލަސް އިން ދެއްކި ކާމިޔާބު ސީރީޒް "ސާތު ނިބާނާ ސާތިޔާ" އިން އެހެމްގެ ރޯލު ކުޅެގެންނެވެ. "ތެރާ މެރާ ސާތް ރަހޭ" ގައި ނާޒިމް ކުޅެނީ ސަކްޝަމްގެ ރޯލެވެ. މީގައި ނާޒިމް އާއިއެކު ދެން ފެންނަނީ އެކްޓްރެސް ގިއާ މަނެކްއެވެ.

"ކުންޑަލީ ބާގްޔާ"، "ލާލް އިޝްޤު"، "އުދާން" އަދި "ބަހޫ ބޭގަމް" އިންވެސް ނާޒިމް ވަނީ ފެނިފައެވެ.