ޚަބަރު

"ހަމަ ހިޓާޗީ" ކެންޕެއިން އެސްޓިއޯއިން ފަށައިފި


" ހަމަ ހިޓާޗީ" ނަމުގައި އެސްޓީއޯއިން ޚާއްސަ ޕްރޮމޯޝަންއެއް ފަށައިފިއެވެ.

ހިޓާޗީ ބްރޭންޑަށް ޚާއްސަ މި ޕްރޮމޯޝަން އޮގަސްޓު މަހުގެ 30ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން އެސްޓީއޯގެ ރީޖަނަލް ހުރިހާ ފިހާރަ ތަކެއްގައިވެސް މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ.

އެއްސްޓީއޯއިން ވިދާޅުވީ މި ޕްރޮމޯޝަންގެ ދަށުން ހިޓާޗީ ބްރޭންޑްގެ ހުރިހާ ޕްރޮޑަކްޓުތަކުން %30ގެ ޑިސްކައުންޓެއް ލިބޭނެކަމަށެވެ. އަދި މީގެ އިތުރުން 1000ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފްތާއަކު ނެގޭ ނަގުރުއަތުގެ ސީބުވެރިއަކަށް އަގުރުހުރި އިނާމުތަކެއް ލިބޭނެކަމަށްވެސް އެސްޓީއޯއިން ވިދާޅުވިއެވެ.

ކޮންމެ ހަފްތާއެއް ނިމުމުން ނަސީބުވެރިން ހޮވުމުގެ އިތުރުން މި މުޅި ޕްރޮމޯޝަން ނިމުންވެސް 3 ނަސީބުވެރިން ހޮވާނެއެވެ. މިއިން ކޮންމެ ނަސީބުވެރިއަކަށް 50،000 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ ދަށުން ހިޓާޗީ ސޯޝަލް މީޑިއާ ކެންޕެއިންވެސް ކުރިއަށް ދާނެއެވެ. ހިޓާޗީ ޕްރޮޑަކްޓުތަކުގެ ފޮޓޯ ޕޯސްޓްކޮށްގެން ހިނގާ މި ކެންޕެއިންގައިވެސް ކޮންމެ ހަފްތާއަކު ނަސީބުރިއަކު ހޮވައި އަގުހުރި އިނާމުތަކެއް ދޭން ވަނީ ނިންމާފައެވެ.