ދުނިޔޭގެ ވިޔަފާރި

ޕެރޫގެ މިއަހަރުގެ އިޤްޠިޞާދީ ދުވެލި މަޑުވާނެކަމަށް ލަފާކޮށްފި


ޕެރޫގެ މިއަހަރުގެ އިޤްޠިޞާދީ ދުވެލި މަޑުވާނެކަމަށް އެ ޤައުމުން ލަފާކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ޕެރޫގެ މަރުކަޒީ ބޭނުންކުން ބުނީ ދެކުނު އެމެރިކާގެ އަންޑިއަންގެ މައިގަނޑު މައިނިންގް ޕްރޮޖެކްޓްތަކަށް ބުރޫ އެރުމުގެ ސަބަބުން އެ ޤައުމުގެ މިއަހަރުގެ އިޤްޠިޞާދީ ދުވެލި މަޑުވާނެކަމަށް ލަފާކޮށްފައިވާ ކަމަށެވެ. އަންޑިއަން އަކީ މުޅި ދުނިޔެއިން ދެވަނައަށް އެންމެ ގިނައިން ކޮޕާ އުފައްދާ ޤައުމެވެ.

ޕެރޫގެ މިއަހަރުގެ އިޤްޠިޞާދީ ދުވެލި ހަލުއި ވާނީ %3.1 ށް ކަމަށް މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފައެވެ. މި ޢަދަދު މީގެކުރިން ހުރީ %3.4 ގައެވެ.

މައިނިންގް ޕްރޮޖެކްޓުތަކުގެ މައްސަލައިގެ އިތުރުން ރަޝިއާ ޔުކްރެއިން ހަނގުރާމަ އަކީވެސް ޕެރޫގެ އިޤްޠިޞާދީ ދުވެލި މަޑުވާން ދިމާވާނެ އެއް ސަބަބުކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.

މައިނިންގް ޕްރޮޖެކްޓުތަކުގެ މައްސަލައާއިހުރެ ހަޅުތާލުކުރަމުންދާ މީހުންގެ ސަބަބުން ވޭތުވެދިޔަ މަސްތަކުގައި ޕެރޫގެ މައިނިންގް ސެކްޓަރަށް ވަނީ ބުރޫއަރާފައެވެ. މިގޮތުން ޕެރޫގައި ހުންނަ ޗައިނާގެ ކޮޕާ ކާރުޚާނާއެއް 51 ދުވަސް ވަންދެން ބަންދުކޮށްފައި ބަހައްޓަން ޖެހުނެވެ. މި ކާރުޚާނާއަކީ ރެޑް މެޓަލް އުފެއްދުމުގައި ދުނިޔޭގައި ނަން ހިނގާ ކާރުޚާނާއެކެވެ.

މައިނިންގް ސެކްޓަރު ކުރިއަރާނެކަމަށް މަރުކަޒީ ބޭންކުން ލަފާކޮށްފައިވަނީ%2.9 އަށެވެ. މި ސެކްޓަރު ކުރިއަރާނެކަމަށް މީގެކުރިން ލަފާކޮށްފައިވަނީ%5.9އަށެވެ. މީގެއިތުރުން މައިނިންގް އިންވެސްޓްމަންޓްތައް މިއަހަރު%5އަށް ދަށްވާނެކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރުވެސް އިންވެސްޓްމެންޓުތައް ދަށްވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ޕެރޫގެ މިއަހަރުގެ އިންފްލޭޝަން ރޭޓު %6.4 އަށް އަރާނެކަމަށް ލަފާކޮށްފައިވާއިރު އަންނަ އަހަރު އިންފްލޭޝަން ރޭޓު %2.5 އަށް އަރާނެކަމަށްވެސް މަރުކަޒީ ބޭންކުން ވަނީ ލަފާކޮށްފައެވެ.