ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ބަޖެޓް ޑެފިސިޓް ރެކޯޑް ޢަދަދަކަށް އިތުރުވެއްޖެ


އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު ޗައިނާގެ ބަޖެޓް ޑެފިސިޓް ރެކޯޑް ޢަދަދަކަށް އިތުރުވެ ގާތްގަޑަކަށް 149.17 ބިލިއަން އެމެރިކާ ޑޮލަރަށް އަރައިފިއެވެ.

ޗައިނާގެ ބަޖެޓް ޑެފިސިޓް މިހާ ބޮޑަށް އިތުރުވީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޚަރަދުކުރަންޖެހުން އިތުރުވުމާއި ޢާމްދަނީ މަދުވުމުން ޓެކްސް އުނިކުރުމާއި ގުޅިގެންނެވެ.

ވޭތުވެ ދިޔަ ދެ އަހަރު ދުވަހު އޮތް ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގެ މާލިއްޔަތަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ފުރަބަންދުކުރުމަށާއި ސިއްޚީ ޚިދުމަތް ދިނުމަށް ޗައިނާ ސަރުކާރުންވަނީ ބޮޑު ހޭދައެއް ކޮށްފައެވެ. އަދި ކޯވިޑުގެ ސަބަބުން ގެއްލުން ލިބިފައިވާ އިޤްޠިޞާދު ރަނގަޅުކުރުމަށް ސްޓިމިއުލަސް ޕެކޭޖްތަކަށްވެސް ޗައިނާއިންވަނީ ހޭދަކޮށްފައެވެ. މީގެއިތުރުން ޖެނުއަރީ މަހުން މެއިމަހުގެ ނިޔަލަށް ދަޢުލަތުގެ ޢާމްދަނީގެ ގޮތުގައި ޗައިނާއަށް ލިބިފައިވަނީ 1.6 ޓްރިލިއަން އެމެރިކާ ޑޮލަރެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި 2 ޓްރިލިއަން އެމެރިކާ ޑޮލަރު ޗައިނާ ސަރުކާރުން ވަނީ ހޭދަކޮށްފައެވެ. މިއާއެކު ބަޖެޓް ޑެފިސިޓްގެ ގޮތުގައި 432.60 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ރެކޯޑްކުރެވިފައެވެ.

ފުރަތަމަ ފަސް މަސް ދުވަހު ޓެކްސް އާއި ފީތަކުން ވަނީ 8.7 މިލިއަން ޔޫއާން އާމްދަނީގެ ގޮތުގައި ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %10 ދަށް ޢަދަދެކެވެ.