ދުނިޔެ

ކައިރި މުސްތަޤްބަލެއްގައި ތެލުގެ އަގަށް ބަދަލެއް ނާންނާނެ !


ދުނިޔޭގެ ބާޒާރުގައި ވިއްކާ
ތެލުގެ އަގަށް ކައިރި މުސްތަޤްބަލެއްގައި ބަދަލެއް ނާންނާނެ ކަމަށް ސިނާޢަތުގެ ތަޖުރިބާކާރުން
ހާމަކޮށްފިއެވެ.



ދުނިޔޭގެ ބާޒާރުގައި ވިއްކާ
ސާފު ނުކުރާ ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ 30.15 އެމެރިކާ ޑޮލަރުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެން ނަމަވެސް، ބާޒާރުގައި
ވިއްކާ ތެޔޮ ފީފާއެއްގެ އަގު ވަނީ 28 އެމެރިކާ ޑޮލަރަށް ވެސް މިއަހަރުގެ ތެރޭގައި
ވެއްޓިފައެވެ. ތެލުގެ އަގަށް ބަދަލު އަންނަމުން ދިޔަ ނަމަވެސް، ކައިރި
މުސްތަޤްބަލެއްގައި ތެލުގެ އަގު ނުއުފުލޭނެ ކަމަށް ތެލުގެ ސިނާޢަތް ދިރާސާކުރާ
ފަރާތްތަކުން ވަނީ ބުނެފައެވެ.



މި ދިރާސާތައް ކުރާ ސިންޑާ
ސެކިއުރީޓީގެ ޗީފް އެނަލިސްޓް ޗާއޯ ޔިން ވިދާޅުވީ، ތެލުގެ އަގު ބިނާ ވަނީ 3
ކަމެއްގެ މައްޗަށް ކަމަށާ އެއީ ތެޔޮ އުފެއްދުމާ ތެލަށް އޮންނަ ޑިމާންޑާއި އަދި އެމެރިކާ ޑޮލަރުގެ
އަގުގެ މައްޗަށް ކަމަށެވެ. މީގެ ތެރެއިން ތެޔޮ އުފައްދާ
މިންވަރު ކުރިއަށް ވުރެ އިތުރުވެފައިވާ ކަމަށާ މީގެ ސަބަބުން ތެލަށް އޮންނަ
ޑިމާންޑް ދަށްވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.



ދުނިޔޭގައި ތެޔޮ އުފައްދާ
މިންވަރު ކުރިއަށް އޮތް ތަނުގައި އިތުރުވާނެ ކަމަށް މުރާސިލުން ލަފާކުރެއެވެ. އެއީ
އީރާނުގެ ނިއުކްލިޔަރ މައްސަލައިގައި އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ
ފިޔަވަޅުތައް ހުޅަނގުން ވީއްލުމާއެކު ކަމަށް ޚަބަރު ލިބެއެވެ.