ދުނިޔެ

ސްޕެއިންގެ ގިނަ ސަރަޙައްދުތަކަށް ހޫނުގެ ތޫފާނެއް


ސްޕެއިންގެ ތިން ސަރަޙައްދެއްގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވައިނުލެވި، 1,600 ހެކްޓަރުގެ ސަރަޙައްދެއް އަނދައި ހުލިވެއްޖެއެވެ. ސްޕެއިންގެ ގިނަ ސަރަޙައްދުތަކަށް މިހާރު ވަނީ ހޫނުގެ ތޫފާނެއް ކުރިމަތިވެފައެވެ. ގިނަ ސަރަޙައްދުތަކުގައި ރެކޯޑު މިންވަރަކަށް ފިނިހޫނުމިން މަތިވެފައިވާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.

އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ބަލްޑޮމާ ސަރަޙައްދަށެވެ. އެ ސަރަޙައްދުގައި 20,000 ހެކްޓަރުގެ ސަރަޙައްދެއްގައި ރޯވެފައިވާ އިރު، މީހުންގެ ގެދޮރަށާއި ދަނޑުބިންތަކަށް ވަނީ ގެއްލުން ލިބިފައެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ އިރު، ކުޑަކުދިން ބަލަހައްޓާ މަރުކަޒެއް ވެސް ވަނީ ހުސްކުރަން ޖެހިފައެވެ.

ހުސްވި ހަފުތާއިން ފެށިގެން ސްޕެއިންގެ ގިނަ ސަރަޙައްދުތަކެއްގައި ފިނިހޫނުމިން ވަނީ މައްޗަށް ގޮސްފައެވެ. އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، މިއީ 1981 ވަނަ އަހަރަށް ފަހު އެ ޤައުމުގައި ފިނިހޫނުމިން އެންމެ މައްޗަށް ގޮސްފައިވާ އަހަރު ކަމުގައެވެ. ބައެއް ސަރަޙައްދުތަކުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.