ޚަބަރު

ދާންދޫގައި ދިރިއުޅޭ ބިދޭސީންނަށް އެސްޓިމޭޓް އުޞޫލުން ދެން މަސަތްކަތެއް ނުކުރެވޭނެ


ގއ. ދާންދޫގައި ދިރިއުޅޭ ބިދޭސީންނަށް އެސްޓިމޭޓް އުސޫލުން މަސައްކަތް ނަގައިގެން ކުރުން މަނާކޮށްފިއެވެ.

މިކަން މަނާކޮށްފައިވަނީ އެރަށު ކައުންސިލުން އެކުލަވާލި ރަށުގައި ދިރިއުޅޭ ބިދޭސީންގެ މަސައްކަތުގެ ދުވަހު އުޖޫރަ ކަނޑއެޅުމާ ބެހޭ އުޞޫލުގައެވެ.

ބިދޭސީންނަށް އުޖޫރަ ދޭނެ ގޮތުގެ އުޞޫލެއް ފުރަތަމަ އެކުލަވާލި ދާންދޫ ކައުންސިލްގެ މި އުސޫލްގައި، ބިދޭސީ މަސައްކަތްތެރިންގެ ދުވަހު އުޖޫރަ ކަނޑައެޅުމުގައި މަސައްކަތް ކުރުވާ ފަރަތާތްތަކުންނާއި އަދި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންވީ ގޮތްވަނީ ބަޔާންކޮށްފައެވެ. މިއުޞޫލަށް ޢަމަލުކުރަން ފަށާފައިވާއިރު މީގެފަހުން ދާންދޫގައި އެސްޓިމޭޓް އުސޫލުންކުރާ މަސައްކަތްތައް ކުރެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.

މީގެ އިތުރުން ބިދޭސީ މަސަތްކަތްތެރިންނަށް ދުވަހު އުޖޫރަ ދިނުމުގައި މަސައްކަތް ވަޒަންކުރާނެ މިންގަޑުތަކާއި މަސަތްކަތުގެ ކެޓަގަރީތައް މިއުޞޫލުގައި ބަޔާންކޮށްފައިވެއެވެ. މި ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ގެދޮރު އިމާރާތްކުރުމުގެ ކެޓަގަރީއާއި، ރަށުގެ އާއްމުންގެ ގޯތިގެދޮރުގައި ހުންނަ ރުއްގަސް ކަނޑާ ސާފުކުރުމާއި ގޯތިގެދޮރު ވިނަނޮޅައި ސާފުކުރުމުގެ މަސައްކަތާއި، ރަށުގެ އާއްމުންނަށް ކޮށްދޭ ކުދިކުދި މަސަތްކަތްތަކަށް އުޖޫރަ ނަގާނެ ގޮތުގެ އިތުރުން ނަރުދަމާ ޖަންގުޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތަށް އުޖޫރަ ދޭނެގޮތާއި، ފައިބަރު މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނަށް އުޖޫރަދޭނެގޮތެވެ.

ކުރާ މަސައްކަތުގެ ކުޑަބޮޑު މިނަށް ބަލައި އުޖޫރައިގެ ގޮތުގައި ފައިސާ ދެވޭނެ އަދަދުތައް ވެސް މި އުޞޫލުގައި ހިމަނާފައިވެ އެވެ.
އަދި މި ޤަވާއިދުގެ ދަށުން މަސަތްކަތު ދުވަހެއްގޮތުގައި ބަލަނީ 1 ގަޑިއިރުގެ ހުސްވަގުތުކޮޅަކާއިއެކު ޖުމްލަ 8 ގަޑިއިރުކަމަށްވެސް އުޞޫލުގައިވެއެވެ.

މިއުޞޫލާއި ޚިލާފްވާ ބިދޭސީ މަސައްކަތްތެރިން 500 ރުފިޔާއާއި އާއި 5000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށްވެސްވަނީ ބަޔާންކޮށްފައެވެ.