ކުޅިވަރު

ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދެން - ވެން ޙާލް


ސްޕޯޓަރުން ބޭނުންވާ ފެންވަރުގެ ކުޅުމެއް ޓީމުގެ ފަރާތުން ފެނިގެން ނުދާތީ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ލުއި ވެންޚާލް ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ. 

ވެންޚާލް ބުނީ މެންޗެސްޓަރ ޔުނައިޓެޑް ކަހަލަ ޓީމެއްގެ ފަރާތުން ސަޕޯޓަރުން ބޭނުންވާނީ ރީތި ކުޅުމެއް ބަލާލަންކަމަށާއި، މިހާރު ޓީމުން ދައްކަމުންދަނީ ފޫހި ކުޅުމެއްކަމަށް އޭނާވެސް ގަބޫލުކުރާކަމަށެވެ. ޓީމަށް އަނިޔާގެ މައްސަލަތައް ދިމާވެފައިވިޔަސް މެންޗެސްޓަރ ޔުނައިޓެޑަކީ އަބަދުވެސް ތަފާތު ޓީމެއް ކަމަށާއި، މި ސީޒަންގެ ގިނަ މެޗުތަކުގައި ޓީމުން ދައްކަމުންދަނީ ސަޕޯޓަރުން ރުޅިގަދަވާފަދަ ކުޅުމެއްކަމަށެވެ. 

"ޓީމުން ދައްކަމުންދާ ފޫހި ކުޅުމަށް ސަޕޯޓަރުން ކިބައިން މަޢާފަށް އެދެން. މީ ހަމަ ޔަގީނުންވެސް ސަޕޯޓަރުން ބޭނުންވާ ފެންވަރުގެ ކުޅުމެއް ނޫން" ވެން ޚާލް ބުންޏެވެ.

މި ހުރިހާ ކަމެއްގެ ޒިންމާ އޭނާ ނަގާކަމަށާއި، ޓީމުގެ ކުޅުން ރަނގަޅު ކުރަން އޭނާ އަދިވެސް މަސައްކަތްކުރާނެކަމަށް ވެން ޚާލް ބުންޏެވެ. ވެންޚާލް ވަނީ މީގެ ކުރިންވެސް ގިނަ ފަހަރުތަކެއްގައި ޓީމުގެ ކުޅުމާއިމެދު ފާޑުކިޔައި ސަޕޯޓަރުން ކެތްތެރިވުމަށް ގޮވާލާފައެވެ.