ކުޅިވަރު

އިންގްލަންޑް ޓީމުން ކުރީގެ ކެޕްޓަން ހޮއުޓަން ބާކީކޮށްފި


ޔުއެފާ ވިމެންސް ޔޫރޯއަށް އެކުލަވާލި އިންގްލަންޑުގެ އަންހެން ޓީމުން، އެ ޓީމުގެ ކުރީގެ ކެޕްޓަން ސްޓެފަން ހޮއުޓަން ބާކީކޮށްފިއެވެ.

އިންގްލަންޑްގެ ކެޕްޓަންކަން އަށް އަހަރު ކޮށްފައިވާ ހޮއުޓަން މިއަހަރުގެ ޖެނުއަރީ މަހު ލިބުނު އަނިޔާއަކަށް ފަހު މިހާތަނަށް ވާދަވަެި މެޗެއް ކުޅެފައެއް ނުވެއެވެ.

މެންޗެސްޓަރ ސިޓީ ވިމެންއަށް ކުޅޭ މިކުޅުންތެރިޔާވަނީ އިންގްލަންޑް ޓީމަށް މިހާތަނަށް 121 މެޗް ކުޅެދީފައެވެ. އިންގްލަންޑްގެ މެނޭޖަރ ސަރީނާ ވެއިގްމަން ހާމަކުރިގޮތުގައި މިއީ އޭނާއަށް ނިންމަންޖެހުނު ވަރަށް އުނދަގޫ ނިންމުމެއް ކަމަށާއި ނަމަވެސް އަދި ހޮއުޓަން އަނިޔާއިން އެނބުރި އައިސް މިފަދަ ބޮޑު މުބާރާތެއްގައި ކޫލެވަރަށް ފިޓްވެފައިނުވާކަމަަށެވެ. އަދި މިއީ މިފަހަރު ވަގުތުގެ ގޮތުން ދިމާވި ގޮތް ކަމަށާއި މިކަމުގައިއޭނާއަށް އިތުރު ވަގުތު ދެވެން ނެތުނިކަމަަށެވެ. އޭނާ ޓީމްގައި ހިމެނުމަށްޓަކައި ހޮއުޓަންއަށް ވަކި ޕްލޭނެއް ހަދައިގެން މަސައްކަތް ކުރި ކަމަށާއި އަދި އޭނާ އެއަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް މިފަހަރު މިކަން ކާމިޔާބު ވާގޮތް ނުވީ ކަމަށެވެ. އަދި ހޮއުޓަން މިކަމާއި ގުޅިގެން ވަރަށް ބޮޑަށް ދެރަވެފައިވާކަންވެސް ވެއިގްމަން ހާމަކުރިއެވެ.

މިފަހަރަށް އެކުލަވާލި ސްކޮޑްގައި ޖިލް ސްކޮޓް އާއި ޗެލްސީ ވިމެންގެ ފޯވަޑް ފްރޭން ކަރބީވެސް ވަނީ ހިމެނިފައެވެ. މިދެކުޅުންތެރިންވެސް މިނިމުނު ސީޒަންގެ ފަހުބައިގައި މިދެކުޅުންތެރިންވެސް ތިބީ އަނިޔާގައެވެ. މިފަހަރުގެ މުބާރާތުގައި އިންގްލަންޑް ހިމެނިފައިވަނީ އޮސްޓްރިއާ، ނޯވޭ އަދި ނޯދަން އައިލަންޑައެކު ގްރޫޕް އޭގައެވެ. އަދި ފުރަތަމަ މެޗާއި ހަމައަށް އަނިޔާވެ ނުވަތަ ބަލިވެގެން ސްކޮޑަށް ބަދަލު ގެނެވޭ ގޮތަށްވަނީ ހަމަޖެހިފައެވެ.