ޚަބަރު

އައިއެމްޓީއެމްގެ ފެއާރ ސެޕްޓެންބަރަށް ފަސްކޮށްފި


5ވަނަ އައިއެމްޓީއެމް ފެއާ ސެޕްޓެންބަރު މަހުގެ 8 އަށް ފަސްކޮށްފިއެވެ.

މި ފެއަރގެ ތެރެއިން ފަތުރުވެރިކަމާ ގުޅުންހުރި އެކިއެކި ފޯރަމްތައް ކުރިއަށްދާނެއެވެ. އެގޮތުން 20 ޤައުމަކުން 100 ފަރާތެއް ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ ރިސޯޓް، ހޮޓެލް، ސަފާރީ، ހޯމްސްޓޭއިން 800 ފަރާތުން މިފެއަރގައި ބައިވެރިވާނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ލޯކަލް ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ޑައިވް ސެންޓަރުތަކާއި ލޯކަލް ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންވެސް މިފެއާގައި ބައިވެރިވާނެއެވެ.

ކޯވިޑަށްފަހު ރާއްޖޭގެ ފަތުރުވެރިކަން މަޑު ޖެހިފައިއޮތް މިދަނޑިވަޅުގައި މިފަރަހުގެ ފެއާގެ ސަބަބުން މިއަހަރު ފަތުރުވެރިކަމުގެ ދައިރާގައި އިތުރު ކުރިއެރުންތައް ހޯދާނެކަމަށް ބެލެވޭކަމަށް އައިޓީއެމްއިން ބުނެއެވެ.

އައިއެމްޓީއެމްގެ މެނޭޖިން ޑިރެކްޓަރ ޝިއުނާ ޚާލިދު ވިދާޅުވީ އައިއެމްޓީއެމްއިން އެންމެބޮޑު އިސްކަމެއް ދެނީ އިނަޓަނޭޝަނަލް މާރކެޓުތަށް ގިނަކުރުމާއި މިފަރާތްތަކުން ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް އޮތް ވީހާވެސް ގިނަ ފުރުސަތުތައް ހޯދުމެވެ.

އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް، އައިއެމްޓީއެމްގެ މިއަހަރުގެ ޝިއާރަކީ "އައު ޚިޔާލުތަކާއި ބަދަލުތަކާއި އެކު ވިލުންވެރި ފަތުރުވެރިކަމަކަށް" މި ޝިޢާރެވެ.