ޚަބަރު

ޗައިނީޒް އާ އަހަރު ފާހަގަ ކުރުމަށް ފުޑް ފެސްޓިވަލެއް ބާއްވަނީ


މިއަހަރުގެ ޗައިނީޒް އައު އަހަރު ފާހަގަ ކުރުމަށްޓަކައި މިއަންނަ މަހުގެ ހަތަތް ވަނަ ދުވަހު ހޮޓެލް ޖެންގައި ސަޤާފީ ޗައިނީޒް ކެއުމުގެ ފެސްޓިވަލްއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ހޮޓެލް ޖެންއިން މަޢުލޫމާތު ދީފިއެވެ.މި ޗައިނީޒް ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން 9 ވަނަ ދުވަހަށް ހޮޓެލް ޖެންގެ ލައިމް ރެސްޓޯރެންޓްގައެވެ. ހޮޓެލް ޖެންގެ އެސިސްޓަންޓް މާރކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ ނީނާ މުޙައްމަދު މަޢުލޫމާތު ދިން ގޮތުގައި މިފެސްޓިވަލް ބޭއްވުމުގެ މަޤްސަދަކީ ދިވެހިންނަށް ސަޤާފީ ޗައިނީޒް ކެއުންތަކަށް އިންސާފް ކުރުމަށް ފުރުސަތު ދިނުންކަމަށެވެ.ނީނާ ބުނިގޮތުގައި މިފެސްޓިޗަލްގެ ތެރެއިން މެންދުރު ގަޑީގައި ޗައިނީޒް ސެޓް މެނިއު އަދި ރޭގަނޑު ޗައިނާގެ ސަޤާފީ ކެއުމުގެ ބުފޭ ލައިމް ރެސްޓޯރެންޓުން ލިބެން ހުންނާނެ ކަމަށެވެ.