 
										
			ޕާސްޕޯޓުގެ ޑިމާންޑް އިންތިހާއަށް އިތުރުވުމާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްދޭ ވަގުތު އިތުރުކޮށްފިއެވެ. 
އިމިގްރޭޝަނުން ބުނީ ޑިމާންޑާއި ގުޅިގެން ރޭގަނޑު 9:30 އާއި ހަމައަށް މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިޔަށް ގެންދާނެކަމަށެވެ. 
އަދި ރައްޔިތުންނަށް ދޭ ޚިދުމަތުގެ ވަގުތު އިތުރުކުރުމުގެ ގޮތުން މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރު ފަހު 15:00 އާއި ހަމައަށް ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
		
ޕާސްޕޯޓުގެ ޑިމާންޑު އިންތިހާއަށް އިތުރުވުމާ ގުޅިގެން ޙިދުމަތްދޭ ވަގުތު އިތުރުކުރުން.
— Maldives Immigration (@ImmigrationMV) June 13, 2022
#RayyithungeKhidhumathuga #PassportService pic.twitter.com/lld5AvUMXJ
			ކޯވިޑް-19އާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގެ ގިނަ ޤައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ދަތުރުކުރުމުގެ ލުއިތައް އިތުރުކުރުމާއި ގުޅިގެން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އަދަދުވެސް ވަނީ އަންދާޒާ ކުރިވަރަށް ވުރެ އިތުރުވެފައި ކަމަށް އިމިގްރޭޝަނުން ބުނެއެވެ. 
އެގޮތުން ދުވާލެއްގެ މައްޗަށް ދިވެހި ޕާސްޕޯޓަށް އެދި ކުރިން އެވްރެޖްކޮށް 200 އެޕްލިކޭޝަން ހުށަހެޅިއިރު، މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. 
އިމިގްރޭޝަނުން ބުނީ އެކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށެވެ.