ޚަބަރު

އިރުފުށި ރިސޯޓުން އަމާންވެށީގެ ކުދިންނަށް ހަދިޔާދީފި


އިރުފުށި ރިސޯޓްގެ ފަރާތުން ނޫނު އަމާންވެށީގެ ކުދިންނަށް ސްޓޭޝަނަރީޒް އަދި ވާހަކަފޮތް ހަދިޔާކޮށްފިއެވެ.

މިކުދިންނަށް ސްޓޭޝަނަރީޒްއާއި ވާހަކަފޮތް ހަދިޔާކޮށްފައިވަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް އިރުފުށި ރިސޯޓްގެ ފަރާތުން މުރަކަ އާލާ ކުރުމުގެ ހަރަކާތާއި އަދި ފީނުމުގެ ހަރަކާތުގެ ތެރެއިންނެވެ.

މީގެއިތުރުން ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާއިން ވަނީ ބާ އަތޮޅު ބަޔޮސްފިއާރ ރިޒާވްއާއި ގުޅިގެން ބާ އަމާންވެށީގެ ކުދިންނަށް ފީލްޑް ޓްރިޕެއް ރާވާ އެކުދިން ރިސޯޓަށް ގެންގޮސްފައެވެ.