ކުޅިވަރު

ޒުވާން ޓީމަށް ނެގި ސީނިއާ ތިން ކުޅުންތެރިން އިޢުލާންކޮށްފި


އަންނަ މަހު އިންޑިޔާގައި ފަށާ ސައުތު އޭޝިއަން ގޭމްސްގައި
ވާދަކުރާ ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމްގައި ހިމަނާ ސީނިއާ ތިން ކުޅުންތެރިން
އެފްއޭއެމް އިން އިޢުލާންކޮށްފިއެވެ. ތޭވީސް އަހަރުން ދަށުގެ މިޓީމްގައި
ހިމަނާފައިވަނީ ނިމިގެންދިޔަ ބަންގަބަންދު ފުޓްބޯޅަ މުބާރާތުގައިވެސް ކުޅުނު
ސީނިއާ ތިން ކުޅުންތެރިން ކަމަށްވާ، މާޒިޔާގެ އަހުމަދު ނާޝިދު، އިސްމާއިލް އީސާ
އަދި ޓީސީ ސްޕޯޓްސްގެ އަލީ ފާސިރުއެވެ. ގޭމްސްއަށް ތައްޔާރުވުމަށް ރާއްޖޭ ޓީމް
މާލޭގައި ފަރިތަކުރުންތަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ރާއްޖޭގެ ޒުވާން ޓީމްގައި ހިމެނުނު ގިނަ ކުޅުންތެރިންނަނީ ނިމިގެންދިޔަ ބަންގަ
ބަންދު ފުޓްބޯޅަ މުބާރާތައް ނެގި ސްކޮޑްގައި ހިމެނޭ ކުޅުންތެރިންނެވެ. ސައުތު އޭޝިއަން
ގޭމްސްގައި ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމް ހިމެނެނީ ގްރޫޕް އޭގައެވެ. މިގްރޫޕްގައި ރާއްޖޭގެ
އިތުރުން ދެން ހިމެނެނި އިންޑިޔާއާއި، ސްރީ ލަންކާއެވެ.