ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން ޔެލޯ އެލާޓް ނެރެފި


ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބޯކޮށް ވާރެވެހެނޭތީ މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފިއެވެ.މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ޔެލޯ އެލާރޓް ނެރެފައިވަނީ މިއަދު އިރުއޮއްސި 6:20 ން ފެށިގެން މިރޭގެ 11:20 އާއި ހަމަޔަށް ރ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމުދުގެ ރަށްތަކަށް ކަމަށެވެ. އެހެންކަމުން މޫސުމަށް ސަމާލުކަން ދެއްވައިގެން ކަނޑު ދަތުރު ކުރެއްވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.މޫސުމާބެހޭ އިދާރާއިން ލާފާކުރައްވާގޮތުގައި، އިރު އުތުރާއި އިރުން، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ލަފާކުރައްވައެވެ.މީގެއިތުރުން މެދުތެރޭ އަތޮޅުތަކުގައި ޢާއްމު ގޮތެއްގައި ކަނޑުތައް ގަދަވާނެ ކަމަށާއި އެހެންނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ކަނޑުތައް މަޑުވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާފައިވެއެވެ.މިއަދު މެންދުރުން ފެށިގެން މާލެއަށްވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އިންޑިޔާ ކަނޑުގެ ބައެއް ޤައުމުތަކަށް ވިއްސާރައިގެ އަސަރު ކުރަމުންދާނެ ކަމަށް މި ސަރަހައްދުގެ މޫސުމާއި ބެހޭ އިދާރާތަކުން ދަނީ ބުނަމުންނެވެ.