ޚަބަރު

މިއަހަރުގެ އައި.ޖީ.ސީ.އެސް.އީ އޯލެވެލްއާއި އެސް.އެސް.ސީ އިމްތިޙާނު ނިމިއްޖެ


މިއަހަރުގެ މެއި، ޖޫން ގައި ކުރިއަށް ގެންދިޔަ ކެމްބްރިޖް އޯލެވެލް، އިމްތިޙާނާއި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު ނިމިއްޖެއެވެ.

މިއަހަރުގެ ކެމްބްރިޖް އޯލެވަލް އަދި އައި.ޖީ.ސީ.އެސް.އީ އިމްތިޙާން ކުރިއަށް ގެންދިޔައީ 13 އޭޕްރިލުން ޖޫން 10 ވަނަ ދުވަހާ ހަމައަށެވެ. އަދި އެސް.އެސް.ސީ އިމްތިޙާނު ކުރިއަށް ގެންދިޔައީ 1 ޖޫނުން ފެށިގެން ޖޫން 6ވަނަ ދުވަހާ ހަމައަށެވެ.

އިމްތިޙާންތަކުގެ ނަތީޖާ ކަރުދާސްތައް ދޫކުރަން ހަމަޖެހިފައިވަނީ 18 އޮގަސްޓް 2022އިން ފެށިގެން ކަމަށް ޑިޕާރޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން ވަނީ ހާމަކުރައްވާފައެވެ. އަދި ނަތީޖާ ދޫކުރަންފަށާ ތާރީޚުން ފެށިގެން 3 ހަފުތާގެ މުއްދަތަށް ޕޭޕަރު އަލުން ޗެކްކުރުމަށް ހުށަހެޅިދާނެކަމަށްވެސް ޑީޕީއީއިން ވަނީ ވިދާޅުވެފައެވެ.

ކެމްބްރިޖް އޯލެވަލް އަދި އައި.ޖީ.ސީ.އެސް.އީ އިމްތިޙާން ހެދުމަށްޓަކައި މުޅިއެކު 236 މަރުކަޒަކުން 5936 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެސް.އެސް.ސީ އިމްތިޙާނު ހެދުމަށްޓަކައި 233 މަރުކަޒަކުން 5640 ދަރިވަރުން ވަނީ މިއަހަރު ބައިވެރިވެފައެވެ.