މުނިފޫހިފިލުވުން

މެޑޯނާގެ އަމިއްލަ ފިލްމުގައި މެޑޯނާގެ ބައި ކުޅެނީ ޖޫލިއާ ގާނާ..


ޕޮޕް މިއުޒިކްގެ ރާނީއެއްގެ ގޮތުގައި މަޝްހޫރުވި އެމެރިކާގެ ލަވަކިޔުންތެރިޔާ މެޑޯނާ އޭނާގެ އަމިއްލަ ހަޔާތާ ބެހޭ ފިލްމެއް ޑައިރެކްޓްކުރަން ނިންމާ އެ ފިލްމުގެ މަސައްކަތް މިވަނީ ފަށާފައެވެ.

ފިލްމުގައި މެޑޯނާގެ ރޯލު ކުޅޭނެ ތަރިއެއް ހޯދުމަކީ އެންމެ އުނދަގުވި އެއް ކަންތަކަވެެ. އެ މަސައްކަތުގައި ވަރަށް ވަގުތު މެޑޯނާ ވަނީ ހޭދަކޮށްފައެވެ. ކޮރިއޮގްރަފީ ސެޝަންތަކާއި އަދި ލަވަކިޔުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށްފަހު މެޑޯނާގެ ރޯލު ދޭން މިހާރު މެޑޯނާ ނިންމީ ޖޫލިއާ ގާނާއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. ނެޓްފްލިކްސްގެ ކްރައިމް ޑްރާމާ "އޯޒާކް" ގެ ތަރި ޖޫލިއާ މި ރޯލް ހުށައަޅާ އެކަމުގެ މަޝްވަރާތައް ދާކަމަށްވެސް ހަބަރުތައް ބުނެއެވެ.

ޖޫލިއާ ކުރިން ފްލޮރެންސް ޕިއޫ، އޮޑެއްސާ ޔަންގް އަދި "ޔޫފޯރިއާ" ގެތަރި އެލެކްސާ ޑެމީގެ ނަންވެސް މެޑޯނާގެ ރޯލަށް ހުށައެޅިކަމަށްވެއެވެ.

ނަމެއް އަދި ދީފައި ނުވާ މި ފިލްމު އުފައްދަނީ ޔުނިވާސަލް ޕިކްޗާސްއިންނެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ މެޑޯނާ އާއި އޮސްކާ އެވޯޑް ވެސް ހޯދާފައިވާ ސްކްރީން ރައިޓަރު ޑިއަބްލޯ ކޯޑީއާ ގުޅިގެންނެވެ. ކޯޑީ ވަނީ "ޔަންގް އެޑަލްޓް" އާއި "ޖޫނޯ" ފަދަ ފިލްމުތައްވެސް ލިޔެފައެވެ.

އެމީ ޕެސްކަލް ޕްރޮޑިއުސްކުރާ މި ފިލްމުގައި މެޑޯނާގެ ޒާތީ ދިރިއުޅުމާއި މިއުޒިކް ކެރިއަރުގެ ވާހަކަތައް ކިޔައިދޭނެއެވެ.

ޖޫލިއާ ގާނާ މަޝްހޫރު އެއް މަސައްކަތަކީ ނެޓްފްލިކްސް ކްރައިމް ޑްރާމާ "އޯޒާކް" އެވެ. މީގައި ޖޫލިއާ ދެއްކި ހުނަރަށް ދެ ގްރެމީ އެވޯޑުވެސް ލިބަފައެވެ. ޖޫލިއާ އެންމެފަހުން ފެނުނީ ޝޮންޑާ ރައިމްސްގެ ސިރީޒް "އިންވެންޓިން އަނާ" އިންނެވެ. އޭނާގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި "ދަ އެސިސްޓެންޓް އެންޑް ގްރޭންޑްމާ" އަދ "އެޕާޓްމަންޓް A7" ހިމެނެއެވެ.