ޚަބަރު

ސަލްޓަންޕާކުގެ އާ ޑިޒައިން މިރޭ އިފްތިތާޙް ކުރައްވާނެ




ސަލްޓަންޕާކް އަލުން ތަރައްޤީކުރުމަށް އެކުލަވާލެވިފައިވާ ޑިޒައިން މިރޭ އިފްތިތާޙްކުރައްވާނެއެވެ.



ހައުސިންގ މިނިސްޓަރ
ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ
ރަސްމިއްޔާތުގައި ސަލްޓަންޕާކުގެ އާ ކޮންސެޕްޓް 
އިފްތިތާޙުކުރުމާއި ޕާކު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެކަމަށެވެ. ކުޑަކުދިންގެ ޕާކެއްގެ ގޮތަށް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސަލްޓަންޕާކް
ތަރައްޤީވެގެންދާއިރު ހުންނާނެ ގޮތް މިރަސްމިއްޔާތުގައި ވީޑިއޯ ޕްރެޒެންޓޭޝަނެއްގެ
ގޮތުގައި ފެނިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މިރޭ 8:45 ގައި
އޮންނަ ރަސްމިއްޔާތުގައި ސަރުކާރުގެ އިސްބޭފުޅުންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންނެވުމަށް
ވަނީ ހަމަޖެހިފައެވެ.