ޚަބަރު

ދިރުވާލައިގެން އެތެރެކުރަން އުޅުނު 1.6 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި


ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި އެތަކެތި އެތެރެކުރަން އުޅުނު މީހާ ކަސްޓަމުން އަތުލަިއގެންފިއެވެ.

ކަސްޓަމުން ވިދާޅުވީ މިތަކެތި އަތުލައިގަނެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސްރީލަންކަން އެއާލައިނުން ރާއްޖެއައި ފަސިންޖަރުންގެ އަމަލުތައް ހުރިގޮތުން، ދިރުވާލައިގެން އެތެރެހަށީގައި މަސްތުވާތަކެތި ގެނެސްފައިވާކަމާއިމެދު ކަސްޓަމަސްގެ އޮފިސަރުންނަށް ޝައްކު ކުރެވިގެން ބަލާ ފާސްކޮށް އިތުރަށް ސްކޭންކޮށްގެންކަމަށެވެ.

މިމައްސަލާގަިއ އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު 852 ގްރާމު ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 1،062،44.00 (އެއްމިލިޔަން ފަސްދޮޅޮސް ދެހާސް ހަތަރުސަތޭކަ ސާޅިސް ހަތަރު ރުފިޔާ) އަށް އަރައެވެ. މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހު ކަސްޓަމްސް އިންވަނީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި، ކުރެވެމުންދާ މަސައްކަތްތައް ހަރުދަނާކޮށް، އިތުރަށް ފުޅާކުރުމަށް ސްޕެޝަލް އޮޕަރޭޝަންގެ ޓެކްނިކަލް ޓީމެއް ތަޢާރަފްކޮށް މާލެެއާއި ރީޖަނަލް ކަސްޓަމްސް ތަކުގައި ހަރަކާތްތެރިވާން ފަށާފައެވެ.