ޚަބަރު

ދުުސްތޫރީ މައްސަލަތައް ދިހަ ދުވަހުގެތެރޭގައި އިސްތިއުނާފު ކުރަނީ


ދުސްތޫރީ
މައްސަލަތައް ދިހަ ދުވަހުގެތެރޭގައި އިސްތިއުނާފު ކުރަން ޖެހޭގޮތަށް ސުޕްރީމް
ކޯޓުން ކަނޑައަޅުއްވައިފިއެވެ.



ފުރަތަމަ މަރުޙަލާގެ ކޯޓަކުން
މައްސަލައެއް ބަލައި ނިންމުމުގައި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ
ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއްވިޔަސް ބާޠިލުކަމަށް ކަނޑައަޅައި
ޙުކުމްކޮށްފިނަމަ، ފުރަތަމަ މަރުޙަލާގެ ކޯޓުން ޙުކުމްކުރާތާ 10 ދުވަހުގެ ތެރޭގައި
އެ މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ބަންޑާރަނައިބު ނުވަތަ
އިސްތިއުނާފުކުރުމުގެ ޙައްޤު އޮތް އެހެން ފަރާތަކުން، އެ މައްސަލަ ނިންމި
ކޯޓެއްގައި، އިސްތިއުނާފުކުރަން އެދޭކަން ކަށަވަރުކުރަންޖެހޭނެކަމަށް
ސަރކިއުލަރގައިވެއެވެ. 

އަދި މި މުއްދަތުގެ ތެރޭގައި އިސްތިއުނާފުކުރަން
ހުށަނާޅައިފިނަމަ، 10 ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ޙުކުމްކުރި ކޯޓުން އެ
މައްސަލައިގެ ފައިލް، ލިޔުންތަކާއެކު 7 ދުވަހުގެ ތެރޭގައި ހައިކޯޓަށް ފޮނުވަންވާނެކަމަށް
ސުޕްރީމް ކޯޓުގެ ސަރކިއުލަރގައިވެއެވެ.

އަދި ފައިލް، ހައިކޯޓަށް ލިބޭތާ 7 ދުވަހުގެ
ތެރޭގައި ބަންޑާރަނައިބާއި، މައްސަލާގައި ހިމެނޭ
ފަރާތްތަކަށް އެންގުމާއެކު، އެ މައްސަލަ ބަލައި ނިންމުމަށްޓަކައި، އިޖުރާއީގޮތުން
އަޅަންޖެހޭ ފިޔަވަޅުތައް އެ ކޯޓުން އަޅަމުން ގެންދަންވާނެކަމަށްވެސް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިޥާ ސަރކިއުލަރގައިވެއެވެ.