ކުޅިވަރު

މިލްނާ ލިވަޕޫލުގައި އިތުރު އެއް އަހަރު މަޑުކުރަނީ


ލިވަޕޫލަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާ އެ ކުލަބުގައި އިތުރު އެއް އަހަރު މަޑުކުރަން ނިންމައި، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމާއެކު މިވަގުތު ވައިސް ކެޕްޓަންކަންވެސް ކުރާ މިލްނަރ އެކްލަބްގައި ހޭދަކުރާ މުއްދަތު އަށްވަނަ އަހަރަކަށް އިތުރު ވެގެން ދިޔައިއެވެ.

އުމުރުން 36 އަހަރުގެ މިލްނަރ ލިވަޕޫލާއި ގުޅިގައިވަނީ 2015 ވަނަ އަހަރު ފްރީ ޓްރާންސްފަރއެއްގެ ދަށުން މެންޗެސްތަރ ސިޓީއިންނެވެ. އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް 299 މެޗް ކުލެދީ އެކްލަބާއެކު ހަތައްޓެއްވެސް ހޯދާފައެވެ. މީގެތެރޭގައި އިންގްލިޗް ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލިގާއި އެފް އޭ ކަޕް އަދި ލީގް ކަޕް ހިމެނެއެވެ.

މައުލުމާތު ލިބޭގޮތުގައި އޭނާ އާއި ލިވަޕޫލާއި ދެމެދު މިއެއްބަސްވުމަށް އާދެވިފައިވަނީ އޭނާގެ މުސާރަ މިހާރަށް ވުރެ ބޮޑު ތަނުން ކުޑަކުރުމަށް އެއްބަސްވުމުންނެވެ. މިއެއްބަސްވުމުގައި ސޮއި ކުރުމަށްފަހު މިލްނަރ ހާމަކުރިގޮތުގައި އިތުރު އެއްއަހަރު މިކްލަބްގައި މަޑުކުރުމުގެ ފުރުސަތު ލިބުމުން ވަރަށް ހިތްހަމަ ޖެހިފައިވާކަމަށެވެ.

މިލްނަރ ބެހެއްޓުމަށް ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕްވެސް ވަރަށް ބޭނުންވިއެވެ. މިލްނަރއަކީ ކްލޮޕް ވަރަށް ބޮޑަށް އިތުބާރު ކުރާ އަދި ޓީމްގެ ތެޜޭގައި އެހެން ކުޅުންތެރިންނާ ގާތް ގުލުމެއް އޮންނަ ދަނޑު މައްޗާއި ދަނޑުން ބޭނރުގައި ކްލަބަށް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކުޅުންތެރިއެކެވެ.