ކުޅިވަރު

ބޭލް ހޯދުމަށް ކާޑިފް ސިޓީން މަސައްކަތްކުރަނީ


ވޭލްސްގެ ކެޕްޓަން ގެރެތު ބޭލްހޯދުމަށް ކާޑިފް ސިޓީން ކުރަމުންދާ މަސައްކަތް އިތުރުކޮށްފިއެވެ.

އެގޮތުން ކާޑިފްގެ ޗެއާމަން މެހްމެޓު ޑަލްމާން މިހާރުވަނީ މިކަމާބެހޭ މަޝްވަރާ ކުރުމަށްޓަކައި އިނގިރޭސިވިލާތަށް ގޮސްފައެވެ.

އުމުރުން 32 އަހަރުގެ ބޭލް މިހާރު ހުރީ ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއއްބަސްވުން ހަމަވުމާއެކު ފްރީ ޓްރާންސްފަރ އެއްގައި ދެންދާ ކްލަބަކަށް ބަދަލުވެވޭ ހާލުގައެވެ. ބޭލް ރެއާލް އާއި ވަކިމިވީ 9 އަހަރު އެކްލަބްގައި ހޭދަކުރުމަށްފަހުއެވެ. ކާޑިފްއިން މަސައްކަތް ކުރާއިރު ބޭލް ގެންދިއުމުގެ މަސައްކަތް އޭނާ ކުރިން ކުޅުނު ޓޮޓްނަމް ހޮޓްސްޕަރ އާއި މޭޖަރ ލީގު ސޮކަރގެ ކްލަބްތަކުންވެސް ކުރަމުން އަންނަކަމަށްވެއެވެ.

ކޭޑިފްއަށް އުފަން ބޭލް މިހާތަނަށް ވޭލްސްގެ ކްލަބަކަށް ކުޅޭފައެއް ނުވެއެވެ. އޭނާ މިހާތަނަށް ކުޅެފައިވަނީ ސައުތެމްޕްޓަން، ސްޕަރސް އަދި ރެއާލް މެޑެރިޑަށެވެ. ކާޑިފްއަށް ބޭލް ގެންދިއުމުގެ ފުރުސަތު އޮތް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރަނީ ބޭލްގެ މިހާރު އަމާޒު ހުރީ ވާރލްޑް ކަޕަށް ވުމާއެކު ކާޑިފަށް ކުޅޭނަމަ ވޭލްސް ޓީމަށް ދެވޭ ވަގުތާއި މަސާލުކަން އިތުރު ކުރެވޭނެތީއެވެ. ނަމަވެސް ކާޑިފްއިން މަސައްކަތް ކުރާނީ ވާރލްޑް ކަޕްގެ ފަހުންވެސް ބޭލް އެކްލަބްގައި ބަހައްޓާ ދެން އަންނަ ސީޒަނެއްގައި އިންގްލިޝް ޕްރިމިއަރ ލީގަށް ކާޑިފް ޕްރޮމޯޓް ކޮށްދިނުމުގައި ބޭލްގެ އެހީތެރިކަން ހޯދުމަށެވެ.