ޚަބަރު

12 ގަޑިއިރުތެރޭގައި ވެލިދޫގެ ކަރަންޓު މައްސަލަ ހައްލުވާނެ !


ނ ވެލިދޫގައި
ކަރަންޓް ކެނޑުމަށް ދިމާވާ މައްސަލައަށް ކުރިއަށް އޮތް 12 ގަޑި އިރުތެރޭގައި
ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކުރައްވައިފިއެވެ.



މި ވޭތުވެދިޔަ ދެ
ދުވަހެއްގެ ތެރޭގައި ނ ވެލިދޫގައި ބޭނުންކުރަމުންދާ 300 ކިލޯވޯޓްގެ ޖަނަރޭޓަރަކަށް
ދިމާވި މައްސަލައަކާއި ގުޅިގެން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ޕީކް ގަޑީގައި
ކަރަންޓް ކަނޑަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއްވައެވެ.  



300 ކިލޯވޯޓްގެ
ޖަނަރޭޓަރަށް މައްސަލަ ދިމާވިނަމަވެސް، ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް
ބޭނުންކުރަމުންދާ 160 ކިލޯވޯޓްގެ އަދި 112 ކިލޯވޯޓްގެ ދެ ޖަނަރޭޓަރު
ބޭނުންކޮށްގެން އަންނަނީ ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އެހެން ނަމަވެސް
އަދިވެސް ޕީކް ގަޑިތަކުގައި ލޯޑް ނުހިފެހެއްޓޭތީ އަދިވެސް ބައެއް ސަރަޙައްދުތަކުން
ކަރަންޓް ކެނޑަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން މައުލޫމާތުދެއްވައެވެ.



ވެލިދޫގައި
ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދާ ޖަނަރޭޓަރު
މަރާމާތުކުރުމަށްޓަކައި އިންޖިނިއަރުންގެ ޓީމެއް މިހާރުވެސް ދަނީ މަސައްކަތް
ކުރައްވަމުންނެވެ.