ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ހދ. ނޮޅިވަރަންފަރު ސްކޫލްގައި އަލަށް ޤާއިމްކޮށްފައިވާ 4 ކްލާސްރޫމް ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މިއީ އެސިސްޓަންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ) ގްރާންޓްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ.
އަލަށް ޤާއިމްކޮށްފައިވާ 4 ކްލާސްރޫމް ނޮޅިވަރަންފަރު ސްކޫލާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިޑޯރިއެވެ. ނޮޅިވަރަންފަރު ސްކޫލުން މި ކްލާސްރޫމްތަކާ ހަވާލުވީ އެ ސްކޫލްގެ ޕްރިންސިޕަލް އަހްމަދު އަލީއެވެ.
State Minister @fathnaseer, alongside the Ambassador of Japan to Maldives, H.E. Midori Takeuchi, attended the Official Handover Ceremony of the Nolhivaranfaru School Building.
— Ministry of Education (@MoEdumv) June 2, 2022
1/2 pic.twitter.com/ouZSnwauLm
މިމަހުގެ 2 ވަނަ ދުވަހު އެ ސްކޫލްގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ފާތިމަތު ނަސީރު އާއި މިނިސްޓްރީގެ އިސްބޭފުޅުންގެ އިތުރުން ސްކޫލް މެނޭޖްމަންޓުން ވަނީ ބައިވެރިވެފައެވެ.
ޖަޕާން ސަރުކާރުގެ އެސިސްޓަންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ) ގްރާންޓްގެ ދަށުން ނޮޅިވަރަންފަރުގައި ނިންމާފައިވާ މި ޕްރޮޖެކްޓަކީ 2016 ވަނަ އަހަރު ޖަޕާން ސަރުކާރާއި ދިވެހިރާއްޖެއާއި ދެމެދު ވެވެނު އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ. މި ގްރާންޓްގެ ދަށުން 1.4 މިލިއަން ދިވެހި ރުފިޔާ މިޕްރޮޖެކްޓަށް ވަނީ ހޭދަކޮށްފައެވެ.
ސްކޫލްގައި ކިޔަވާ ދަރިވަރުން އިތުރުވަމުން އަންނައިރު މި ކްލާސްރޫމްތަކުގެ ސަބަބުން ޖާގައިގެ ދަތިކަމަށް ހައްެއް ލިބިގެންދާނެއެވެ.
1996 ވަނަ އަހަރުން ފެށިގެން ޖަޕާން ސަރުކާރުގެ ޖީޖީޕީ ގްރާންޓްގެ ދަށުން ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއާއި ސިއްޙީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއަށް ވަނީ ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.