ވިޔަފާރި

އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ބަސް ދަތުރު ފަށަނީ


އަންނަ
މާޗުމަހުގެތެރޭ އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި ބަސް ދަތުރުގެ
ޙިދުމަތް ދެވެން ފެށޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް މިލިޑަޓު، އެމްޕީއެލުން
ހާމަކުރައްވައިފިއެވެ.



އެމް.ޕީ.އެލުން
މައުލޫމާތު ދެއްވިގޮތުގައި އައްޑޫ އަދި ފުވައްމުލަކުގައި ބަސް ދަތުރުގެ ޙިދުމަތް
ފެށުމަށްޓަކައި 13 ބަސް ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި މި ބަސްތައް މާޗްމަހުގެތެރޭ
ރާއްޖެ ގެނެވޭނެ ކަމަށެވެ.



13
ބަހުގެ ތެރެއިން 2 ބަސް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކުގައި، އަދި
ބާކީ 11 ބަސް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައި ކަމަށް
އެމްޕީއެލުން މައުލޫމާތުދެއްވައެވެ.



އައްޑު
ސިޓީގައިއާއި ފުވައްމުލަކުގެ ބަހުގެ ޚިދުމަތަށް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ
މިހާރު ހުޅުމާލޭއާ ހުޅުލެއާދެމެދު ބޭނުން ކުރާ ވައްތަރުގެ މެޓްރޯ ބަސް ކަމަށް
އެމްޕީއެލުން ހާމަކުރައްވައެވެ.



އައްޑޫ ސިޓީ އަދި
ފުވައްމުލަކުގެ ފަތުރުފަތުރާއި އެމް.ޕީ.އެލުން ހަވާލުވި ފަހުން އެކުންފުނިން ދަނީ
ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމުގެ ގޮތުން ނިމިގެންދިޔަ ޑިސެމްބަރު މަހު
އައްޑޫ ސިޓީއާއި ފުވައްމުލަކާއި ދެމެދު ފެރީގެ ޚިދުމަތްވެސް އަލުން ފަށާފައެވެ.