ވިޔަފާރި

47 ވަނަ އިންޓަނޭޝަނަލް ބޯޓް ޝޯގައި ރާއްޖެއިން ބައިވެރިވެއްޖެ


ޖަރުމަނުގެ ޑްސެލްޑޯފްގައި މިހާރު ކުރިއަށްދާ 47 ވަނަ އިންޓަނޭޝަނަލް ބޯޓް ޝޯގައި ރާއްޖޭން ބައިވެރިވެއްޖެއެވެ.މިމަހުގެ 23 ން 31 އަށް ކުރިއަށްދާ މި އެގްޒިބިޝަންގައި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ 8 ކުންފުންޏަކުން 18 ފަރާތަކުން ބައިވެރިވެފައިވެއެވެ. މި އެގްޒިބިޝަންގައި ބައިވެރިވުމުގެ އެއްމެ ބޮޑު ބޭނުމަކީ ރާއްޖެ ޑައިވިންގ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓްކުރުން ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ. މޫދުކުޅިވަރާއި ޑައިވިންއަށް ޚާއްޞަ މި އެގްޒިބިޝަންގައި 60 އަށްވުރެއް ގިނަ ޤައުމުން 1700 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެފައިވެއެވެ.ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ %8.5 ޙިއްޞާކުރަނީ ޖަރުމަނުންނެވެ. 2015 ވަނައަހަރު އެ ޤައުމުން ރާއްޖެއަށް 9640 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިއީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު %6.9 އިތުރު ޢަދަދެކެވެ.