ދުނިޔޭގެ ވިޔަފާރި

ވޯލްޑް ކަޕަށް، ގަލްފް އެއަރލައިންގެ ޚާއްސަ ފްލައިޓު ތަކެއް


މިއަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕާއި ދިމާކޮށް ޚާއްސަ ޝަޓަލް ފްލައިޓްތަކެއް ގަތަރަށް ބޭއްވުމަށް ގަލްފް އެރެބް އެއާލައިނުން ނިންމައިފިއެވެ.

ގަތަރު އެއަރވޭސްގެ ސީއީއޯ ބުނީ މި ޝަޓަލް ފްލައިޓްތައް ބޭއްވުމުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އެއާލައިން ފްލައި ދުބާއީ، އޯމާން އެއަރ، ކުވެއިތު އެއަރވޭސް އަދި ސައޫދީ އަރަބިއާގެ އެއާލައިން ސައޫދިއާވެސް ބައިވެރިވާނެއެވެ. އަދި އިއްތިހާދާއި އެއަރ އެރޭބިއާވެސް މި ސްކީމްގައި ބައިވެރިވާނެކަމަށް ގަތަރު އެއަރވޭސް އިން ބުނެއެވެ.

ފްލައި ދުބާއީން ދުވާލަކު 60 ޕްލައިޓް ބާއްވާއިރު މި ފްލައިޓްތަކުން 2500 މީހުން ދަތުރުކުރާނެއެވެ. އޮމާން އެއަރ އިން ދުވާލަކު ބާއްވާނީ 48 ފްލައިޓްއެވެ. މި ފްލައިޓްތަކުން 3400 މީހުން ގަތަރަށް ދަތުރުކުރާނެއެވެ. ސައޫދިއާ އިން ދުވާލަކު 40 ފްލައިޓް އޮޕަރޭޓް ކުރާނެއެވެ. މި ހުރިހާ ފްލައިޓަކުން ޖުމްލަ 5000 މީހުން ދަތުރުކުރާނެއެވެ. ކުވައިތް އެއަރވޭސް އިން ދުވާލަކު 20 ފްލައިޓް އޮޕަރޭޓްކުރަން ނިންމާފައިވާއިރު މި ފްލައިޓްތަކުން ޖުމްލަ 1700 މީހުން ދަތުރުކުރާނެއެވެ.

ގަތަރުގެ ދޯހާގައި ބާއްވާ މިއަހަރުގެ ވޯލްޑްކަޕަށް ގާތްގަޑަކަށް 1.2 މިލިއަން މީހުން ދަތުރުކުރާނެކަމަށް ގަތަރުން ލަފާކުރެއެވެ.
މީގެސަބަބުން ގަތަރާއި ހީނަރުވެފައިވާ އަވަށްޓެރި ޤައުމުތަކުގެ ގުޅުން ރަނގަޅުވެގެން ދާނެކަމަށްވެސް ގަތަރުން ދެކެއެވެ. ސިޔާސީ ކޯޅުންތަކާއި ގުޅިގެން ޔޫއޭއީ، ބަހްރެއިން އަދި މިސްރުން ވަނީ ތިން އަހަރު ވަންދެން ދޯހާ ބޮއިކޮޓްކޮށްފައެވެ.