ޚަބަރު

ގދ.އަތޮޅުން ރިސޯޓް ހަދަން ދޫކުރި ރަށެއްގައި ރޯވެ އަނދަނީ


ގދ.އަތޮޅުން ރިސޯޓެއް ތަރައްޤީކުރުމަށް ދޫކޮށްފައި އޮތް ރަށެއްގައި އަލިފާނުގެ ޙާދިސާއެއް ހިނގައި އެމްއެންޑީއެފުން އަލިވާން ނިއްވުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ. އެންއެންޑީއެފުން ވިދާޅުވީ ޙާދިސާ ހިނގައިގެން އުޅެނީ ގދ.ލޮނުދުހުއްޓާ ކިޔާ ރަށެއްގައެވެ. ގދ.ލޮނުދުހުއްޓާއަކީ ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މަސައްކަތް ފެށައި، މިހާރު މަސައްކަތް ހުއްޓިފައި އޮތް މީހުން ދިރިނޫޅޭ ރަށެކެވެ.

މި ޙާދިސާއާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެ ރަށުގައި ރޯވި އަލިފާން ނިއްވާލުމަށް، ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރމަނުން މިހާރު ދަނީ އެ ރަށަށް ދަތުރުކުރަމުންކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.