މުނިފޫހިފިލުވުން

އާލިއާގެ "ޑާލިންގްސް" ވެސް ނެޓްފިލްކްސްގައި


ބޮލީވުޑްގައި މިހާރު އެންމެ ނަން ހިނގާ އެންމެ ކާމިޔާބު އެއްތަރީގެ ގެ ގޮތުގައި ގުނާލެވޭ އާލިއާ ބަޓްގެ ފުރަތަމަ ޕްރޮޑަކްޝަން ރިލީޒްކުރާނީ ނެޓްފިލްކްސްގައިކަން އެ ޓީމުން ބުނެފިއެވެ. މި ފިލްމު އަންނަނީ ނެޓްފިލްސްއަށް ތޯ ފިލްމުގެ ހުރިހާ ތަރިންނާ ސުވާލުކުރާ ޓިޒާކޮޅެއް ނެޓްފިލްކްސުން ވަނީ އާއްމުކޮށްފައެވެ.

އާލިއާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމަށް ދީފައިވާ ނަމަކީ ":ޑާލިންގްސް" އެވެ. މި ފިލްމުގެ ޝޫޓިންތައް ފަށަމުން ވެނިޓީ ވޭނެއްގައި އިން ފޮޓޯއެއް ޙިއްޞާކުރަމުން އޭރު އާލިއާ ބުނީ ފުރަތަމަ ޕްރޮޑަކްޝަނަށް ވުމުން ވަރަށް ހިތް ބިރުގަންނަ ކަމަށެވެ. އަދި ފިލްމެއް ޕްރޮޑިސްކުރި ނަމަވެސް ހުންނާނީ އެކްޓަރެއްގައި ގޮތުގަކަމަށްވެސް އާލިއާ ވަނީ ބުނެފައެވެ.

ޝާހުރުކުޚާންގެ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީޒް އާއި އާލިއާގެ އެޓާރނަލް ސަންޝައިން ޕްރޮޑަކްޝަން ގުޅިގެން ހަދާ މި ފިލްމުގައި އާލިއާވެސް ފެނިގެންދާނެއެވެ. އާލިއާގެ އިތުރުން ޝެފާލީ ޝާހް، ވިޖޭ ވަރްމާ އަދި ރޯޝަން މެތިއުވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމު ޑައިރެކްޓަރަކީ "ޕަތީ ޕަތްނީ އޯ ވޯ" އަދި "ފޯސް 2"ގެ ޑައިރެކްޓަރ ޖެސްމީތް ކޭ ރީން އެވެ. ފިލްމުގެ ޝޫޓިންތައް މިހާރު ވަނީ ފަށާފައެވެ.

އެންމެ ފަހުން އަލީއާ ފެނިގެންދިޔަ ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ ކާތިއާވާދީ" ގައި އޭނާ ދައްކުވާދީފައިވާ އެކްޓިންނަށް އެތައް ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. މިހާރު ހޮލީވުޑްގައި މަސައްކަތް ކުރަން ގޮސް ހުރި އާލިއާ ދެން އެންމެ އަވަހަށް ފެންނާނީ ފިރިމިހާ ރަންބީރު ކަޕޫރާއެކު ފެންނަ "ބްރަމަސްތްރާ" އިންނެވެ. މީ މި ދެތރަިން އެކުގައި ސްކްރީނުންވެސް ފެންނަ ފުރަތަމަ ފަހަރެވެ.