ޚަބަރު

ކްލަބް ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ ފަށައިފި


ކްލަބް ޖަމްޢިއްޔާތަކުގެ ޤައުމީ މަހާސިންތާ ފަށައިފިއެވެ.ދަރުބާރުގޭގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަހާސިންތާ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަ އޮފް ލީގަލް އެފެއާރޒް އަލްއުސްޛާޒާ އާއިޝަތު އާޒިމާ ޝަކޫރެވެ.ކްލަބް ޖަމްޢިއްޔާތަކުގެ މަހާސިންތާއަކީ، ހިލޭ ސާބަހަށް ހަރަކާތްތެރިވާ ރާއްޖޭގައި އުފެދިފައިވާ އަމިއްލަ ކްލަބްތަކާއި ޖަމްޢިއްޔާތަކުގެ މަންފާއާއި ތަރައްޤީއަށްޓަކައި، ކްލަބް ޖަމްއިއްތާތަކާއި ސަރުކާރާއި ގުޅިގެން ކުރެވޭނެ ކަންތައްތައް ފާހަގަކޮށް ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކުރުމުގައި ޖަމްޢިއްޔާތަކުން އަމިއްލަ ގޮތުން ކުރެވޭނެ ކަންތައްތައް ފާހަގަކޮށް އަދި ޖަމްޢިއްޔާތައް ހިންގުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަކީ ކޮބައިތޯ ބަލާ މިކަންކަން ޙައްލުކޮށްދިނުމުގައި މިނިސްޓްރީއަށާއި ސަރުކާރަށް ކޮށްދެވޭނެ ކަންތައްތަކެއް ފާހަގަކުރުމެވެ.މަހާސިންތާ ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީޤައި ޖަމްޢިއްޔާތަކުގެ ބައިވެރިވުން ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި ޖަމްއިއްޔާތަކުގެ ޤާނޫނުގައި ހުރި ބައެއް މައްސަލަތަކަށް އިޝާރަތްކުރައްވާ މިނިސްޓަރ ވިދާޅުވީ، އެންޖީއޯތަކައި، ކްލަބް ޖަމްއިއްޔާތައް އެއް ޤާނޫނެއްގެ ދަށުން ރަޖިސްޓްރީކުރުމުގެ ސަބަބުން ދިމާވާ ދަތިތައް ފާހަގަކުރެއްވިއެވެ.މިއަދުގެ ރަސްމިއްޔާތުގައި ވަނީ ޖަމްއިއްޔާތަކުގެ ވެބް ޕޯޓަލް އިފްތިތާޙުކުރައްވާފައެވެ.މިމަހާސިންތާގައި ތަފާތު ތިން ދާއިރާއަކުން ކަރުދާސްތައް ހުށަހަޅާ މަޝްވަރާކުރުމަށް ވަނީ ހަމެޖެހިފައި، އޭގެ ތެރޭގައި ތަރައްޤީޤައި ސިވިލް ސޮސައިޓީގެ ދައުރާއި، ގޮންޖެހުންތަކާއި، ބޭނުންތަކާއި ފުރުސަތުތަކާއި، ސިވިލް ސޮސައިޓީއާއި ވިޔަފާރިތަކުގެ އިޖުތިމާއި ޒިންމާއާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ހޯމް މިނިސްޓްރީއަދި ޔޫއެންޑީޕީގެ އެހީގައި ބާއްވާ ޖަމްއިއްޔާތަކުގެ ތިންވަނަ މަހާސިންތާއެވެ.