ކުޅިވަރު

ތަމްރީންތަކަށް އަންހެން ފުޓްބޯޅަ ޓީމް ބަހްރެއިންއަށް




ސާފް ގޭމްސްއަށް ތައްޔާރުވުމަށް ޓްރެއިނިންގ
ކޭމްޕެއްގައި ޤައުމީ އަންހެން ފުޓްބޯޅަ ޓީމް ބަޙްރެއިންއަށް ފުރައިފިއެވެ. ޤައުމީ ޓީމް
ބަޙްރެއިންއަށް ފުރާފައި ވަނީ މިއަދު ހަވީރުއެވެ.

ބަޙްރެއިންގައި ޤައުމީ ޓީމް
ރަޙުމަތްތެރިކަމުގެ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް އެންމެ ފަހުން މުބާރަތެއްގައި ވާދަކޮށްފައިވަނީ ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައެވެ. ޤައުމީ އަންހެން ޓީމް ގޭމްސްއިން ކެޓީ ޕެނަލްޓީ ޖަހައިގެންނެވެ.



ސާފް ގޭމްސްގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމާއި
އެއް ގްރޫޕެއްގައި ހިމެނިފައިވަނީ ނޭޕާލާއި، ސްރީ ލަންކާއެވެ. އަނެއް ގްރޫޕުގައި ހިމެނެނީ އިންޑިޔާ، އަފްޢާން އަދި
ބަންގްލަދޭޝްއެވެ.

ސާފް ގޭމްސްއަށް ދާން ސައުކާރުން އެކުލާވަލި ކުޅިވަރުތަކުގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް ނުހިމެނުނު ނަމަވެސް ފަހުން ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކަށް އަންހެން ފުޓްބޯޅަ ޓީމަށް ސާފް ގޭމްސްއަށް ދާން ފުރުސަތު ވަނީ ލިބިފައެވެ.