ތަޢުލީމު

އޯލެވެލް 5 މާއްދާއިން ފާސްވުމުން މެޕްސްއިން ހިލޭ ކިޔެވުން


އޯލެވެލް އިން މަދުވެގެން ފަސް
މާއްދާއިން ފާސްވެފައިވާ ދަރިވަރުންނަށް އެއްވެސް ފީ އަކާއި ނުލާ މެޕްސް
އިންޓަރނޭޝަނަލް ހައި ސްކޫލްއިން ހިލޭ އޭލެވެލްއަށް ކިޔެވޭނެ އިންތިޒާމު
ހަމަޖައްސައިފިއެވެ.



މެޕްސް  އިންޓަރނޭޝަނަލް ހައި ސްކޫލުން ބުނީ
ފާސްވާންޖެހޭ ފަސް މާއްދާގެ ތެރޭގައި އިސްލާމް،ދިވެހި މި ދެ މާއްދާވެސް ހިމެނޭކަމަށެވެ.
ފަސް މައްދާއަށްވުރެ ދަށުން ފާސްވެފައިވާ ދަރިވަރުންނަށް އަމިއްލަ ޚަރަދުގައި
ކިޔެވޭނެ ފުރުސަތު އޮންނާނެކަމަށްވެސް މެފްސް އިން ބުނެއެވެ.



މެޕްސް އިން ވަނީ ޚާއްސަ
ސްކޮލަރޝިޕް ފުރުޞަތުތަކާއެކު، އޭލެވެލްއަށް ކިޔެވުމަށް އެދި މެޕްސް
އިންޓަރނޭޝަނަލް ހައި ސްކޫލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.
އެތަނުން ދެވޭ ސްކޮލަރޝިޕްގެ ތެރޭގައި އޭލެވެލް އިން އެންމެ ރަނގަޅު ނަތީޖާ ލިބޭ
ދަރިވަރަކަށް ފުރަތަމަ ޑިގްރީ އާއިއެކު މާސްޓަރސްއާއި ހަމައަށް ހިލޭ ކިޔެވުމުގެ
ފުރުޞަތު ހިމެނޭ ސްކޮލަރޝިޕްގެ ފުރުސަތު ހިމެނޭކަމަށް އެފަރާތުން ބުނެއެވެ.



އެޕްލިކޭޝަން ހުށަހެޅުމުގެ
ފުރުޞަތު އަންނަ މާރޗް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.



މެޕްސް އިންޓަރނޭޝަނަލް ހައި
ސްކޫލުން ބުނީ އެސްކޫލްގެ އަމާޒަކީ ދަރިވަރުން ސްކޫލާ ނިންމާ ޢަމަލީ މައިދާނަށް
ނުކުންނައިރު ވަޒީފާއަށް އަހުލުވެރި ކުދިބަޔަކަށް ހެދުމުގެ ގޮތުން އެކަށީގެންވާ
ތަމްރީނު ޕްރޮގްރާމްތައް ރާވާ ހިންގުންކަމަށެވެ.