ޚަބަރު

މޯލްޑިވިއަން އައިޑަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަވަސް"


މޯލްޑިވިއަން އައިޑަލްގެ އޮންލައިން މީޑިއާ ޕާޓްނަރ އަކަށް އަވަސް އޮންލައިން
ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.



މިކަމައްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ
ޑިރެކްޓަރ ސޭލްސް މުހައްމަދު އަހުމަދު ހަސަން، ވިދާޅުވީ، މޯލްޑިވިއަން އައިޑަލްގެ
މީޑިއާ ޕާޓްނަރ ހޮވުމަށް ފުރަތަމަ ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށައެޅި
އެންމެ ފަރާތަކުން ކަމަށެވެ.  އަދި ދެވަނަ ފަހަރު ހުރިހާ އޮންލައިން މިޑިއާތަކަށް
ސިޓީ ފޮނުވައިގެން ތިންފަރާތަކުން ޝައުގުވެރިކަން ފާޅުކުރިނަމަވެސް މޯލްޑިވިއަން
އައިޑަލްގެ މީޑިއާ ޕާޓްނަރ އަށް އަވަސް އޮންލައިން ހޮވިގެން ދިޔައީ އެންމެ ރަނގަޅު
ޕްރޮޕޯޒަލް ހުށައެޅުމުންކަމަށެވެ. 



އަވަސްގެ މެނޭޖާ މާކެޓިން އެންޑް ސޭލްސް އައިމިނަތު
މުހައްމަދު ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާއިން އިސްނަގައިގެން
ރާއްޖޭގައި ޒުވާން މިއުޒިޝަނުން އުފެއްދުމަށް ކުރިއަށްގެންދާ މިޝޯގައި އޮންލައިން
މީޑިއާ ޕާޓްނަރެއްގެ ގޮތުން އަވަސް އޮންލައިގެން ފަރާތުން އެންމެ ފުރިހަމަ
އެއްބާރުލުންދޭނެކަމުގެ ޔަގީންކަން ދޭކަމަށެވެ. 



ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބާއްވާ
އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް" ގެ ފުރަތަމަ
ސީޒަން ޕްރިމިއަރކުރުން އޮންނާނީ މިރޭ އޮންނާނެއެވެ.