ވިޔަފާރި

އެންމެ މަޤްބޫލް ހޮޓެލްތަކުގެ ތެރޭގައި މިރިހި އައިލެންޑް ރިސޯޓް


ޓްރިޕް އެޑްވައިޒަރގެ ޓްރެވަލަރސް ޗޮއިސް ލިސްޓުގެ
ދުނިޔޭގެ އެންމެ މަޤްބޫލް 10 ހޮޓެލްގެ ތެރޭގައި ރާއްޖޭގެ ރިސޯޓެއް ކަމަށްވާ މިރިހި
އައިލެންޑް ރިސޯޓް ހިމެނިއްޖެއެވެ.

އަރި އަތޮޅު ދެކުނު ބުރީ  މިރިހި އައިލެންޑް ރިސޯޓަށް އެ ލިސްޓުން
ލިބިފައިވަނީ 7 ވަނައެވެ. މި ލިސްޓްގެ އެއްވަނަ ލިބިފައިވަނީ އިންޑިއާގެ ޖޯދު ޕޫރުގެ
އުމައިދު ބަވަން ޕެލެސްއަށެވެ.

ފަތުރުވެރިންގެ މެދުގައި މަޤްބޫލުކަން
ހޯދާފައިވާ ޓްރިޕް އެޑްވައިޒަރ ވެބްސައިޓުން ޓްރެވަލަރސް ޗޮއިސް ލިސްޓް
ތައްޔާރުކޮށްފައިވަނީ އެ ވެބްސައިޓް ބޭނުންކުރާ ފަރާތްތަކުގެ ރިވިއުތަކާއި
ޚިޔާލްތަކުގެ މައްޗަށް ބިނާކޮށެވެ. އަދި މި ލިސްޓްގައި ހިމެނޭ ހުރިހާ ހޮޓެލްތަކަކީވެސް
ޓްރިޕްއެޑްވައިސަރގައި އެއްމެ ހައި ރޭޓިންގްސް ލިބިފައި ހުރި ހޮޓެލްތައްކަންވެސް ޓްރިޕް އެޑްވައިޒަރ އިން ފާހަގަކުރެއެވެ.



ޓްރިޕްއެޑްވައިޒަރ އަކީ
ހޮޓާތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ މަޢުލޫމާތާއި ޚިދުމަތް ފޯރުކޮށްދޭ މަޤްބޫލް
ވެބްސައިޓެކެވެ.