ކުޅިވަރު

ޗެމްޕިއަންޝިޕް ޕްލޭއޮފްގެ ފައިނަލުން ނޮޓިންހަމް ފޮރެސްޓް ޖާގަ ހޯދައިފި


އިނގިރޭސި ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުމަށް ކުޅެމުންދާ ޗެމްޕިއަންޝިޕް ޕްލޭއޮފްގެ ފައިނަލުން ނޮޓިންހަމް ފޮރެސްޓް ޖާގަ ހޯދައިފިއެވެ.

ޕްލޭއޮފް ފައިނަލުން ނޮޓިންހަމް ޖާގަހޯދީ ޝެފީލްޑް ޔުނައިޓެޑާއި ބައްދަލުކުރި ދެ މެޗް 3-3 ގެ އެގްރިގޭޓް ނަތީޖާއަކުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 3-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ނޮޓިންގހަމްގެ ދަނޑުގައި ކުޅުނު ޕްލޭ އޮފް ސެމީފައިނަލްގެ ދެވަނަ ލެގްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2 ލަނޑު އެއްލަނޑުން ކުރި ހޯދީ ޝެފީލްޑް އެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ނޮޓިންގހަމްއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ބްރެނަން ޖޯންސަންއެވެ. ނަމަވެސް ޝެފީލްޑްއިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާ އަކަށް ވެގެންދިޔައީ މެޗްގެ 47 ވަނަ މިނެޓްގައި ގިބް ވައިޓް މެޗްގެ ނަތީޖާ ޝެފީލްޑަށް ހަމަހަމަ ކޮށްދިނުމެވެ. އަދި މެޗްގެ 75 ވަނަ މިނެޓްގައި ޖޯން ފްލެކް ޖަހާދިން ލަނޑާއެކު މެޗް އިތުރު ވަގުތަށް ދާން ޖެހުނެވެ.

މިމެޗްގެ ޕެނަލްޓީ ޝޫޓް އައުޓްގައި ނޮޓިންގހަމްގެ ތަރި އަކަށް ވެެގެންދިޔައީ ކީޕަރ ބްރައިސް ސަމްބާއެވެ. އޭނާވަނީ ތިން ޕެނަލްޓީ މަތަކޮށްފައެވެ. ޕްލޭ އޮފް ފައިނަލްގައި ނޮޓިންގހަމް ފޮރެސްޓް ބައްދަލުކުރާނީ ހަޑަސްފީލްޑް ޓައުން އާއެވެ.