ޚަބަރު

އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމުގެ ތުހުމަތުގައި ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފި


އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމުގެ ތުހުމަތުގައި ފުލުހުން ހޯދަމުންދިޔަ މީހާ ހައްޔަރުކޮށްފިއެވެ.

އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ހިންގުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ކ. މާލެ / މއ. ލެއްގި، ޢަބްދުލްޣައްފާރު ޢަބްދުލްޣަފޫރު (34އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅެމުންދާ ގޭގެ ފާޚާނާ ތެރޭގައި ފިލާ އޮއްވައި މިއަދުގެ 17:12 އެހާކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ހިންގުމުގެ މައްސަލައަކާ ގުޅިގެން މިއަދު ފުލުހުން ހޯދަން އިއުލާންކޮށްފައިވަނިކޮށެވެ.

މިމައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.