މާލެސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަން، ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާ ކާމިޔާބު ކުރައްވައިފިކަމަށް އިލެކްޝަންސް ކޮމިޝަންސްއިން ރަސްމީކޮށް އިއުލާންކުރައްވައިފިއެވެ.
މިއިންތިޙާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތު ނާޒިމާއާއި އެމްއެންޕީގެ ކެނޑިޑޭޓް އާމިނަތު ޝީޒާއެވެ. މި އިންތިޙާބު ޕީޕީއެމްގެ ކެނޑިޑޭޓް ނާޒިމާ ކާމިޔާބުކޮށްފައިވަނީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ. މިގޮތުން ނާޒިމާއަށް 359 ވޯޓް ލިބިވަޑައިގަތްއިރު، އެމްއެންޕީގެ ކެނޑިޑޭޓް ޝީޒާއަށް ލިބިވަޑައިގަތީ 358 ވޯޓެވެ.
މި ނަތީޖާއާއި ގުޅިގެން އެމްއެންޕީން ވަނީ އިންތިޚާބުގެ ވޯޓު އަލުން ގުނައި ދިނުމަށް އެދިފައެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްއެންޕީގެ ޝަކުވާއަށް ބެލުމަށްފަހު މުޙްޔިއްދީން ސްކޫލްގައި ބެހެއްޓި އެއްނަމްބަރު ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށައަޅާފައިވާ ދެ ވޯޓު ކަރުދާހެއް އަލުން ގުނުމަށް ނިންމާފައެވެ. މިއާއެކު އިލެކްޝަންސް ކޮމިޝަނުން އެ ދެ ވޯޓު ކަރުދާސް ޗެކުކުރުމަށްފަހު ވަނީ ނަތީޖާއަށް ބަދަލު އަންނަވަރުގެ މައްސަލައެއް ނެތްކަމަށް ނިންމާފައެވެ. އަދި މިއަދު އެ ކޮމިޝަނުން ވަނީ ޕީޕީއެމްގެ ކެނޑިޑޓް ފާޠިމަތު ނާޒިމާ އިންތިޚާބު ކާމިޔާބުކުރައްވާފައިވާކަން ރަސްމީކޮށް އިޢުލާންކޮށްފައެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުންނެވި އެމްޑީޕީގެ އައިމިނަތު އީމާން ނިޔާވުމުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީމަހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގައެވެ.