ދީން

ސަދަޤާތް ފައުންޑޭޝަނުން އިސްލާމީ މަރުކަޒަށް 12ފަންކާ ހަދިޔާކޮށްފި


ސަދަޤާތް ފައުންޑޭޝަނުން އިސްލާމީ މަރުކަޒަށް 12 ފަންކާ ހަދިޔާކޮށްފިއެވެ.މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަދަޤާތް ފައުންޑޭޝަންގެ ފަރާތުން ފަންކާތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމެވެ. އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ފަންކާތަކާއި ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާޤިރެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބް އައްޝައިޚް އިބްރާހީމް އަހުމަދު ވިދާޅުވީ މިއަދު ހަވާލުކުރެވުނު 12 ފަންކާ ބަހެއްޓުމަށް ހަމަޖެހިފައިވަނީ މިސްކިތުގެ 3 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އެ ފަންގިފިލާގައި މިހާރު ފަންކާތައް ހަރުކުރެވިފައި ހުރިގޮތުން ވަރަށް ހޫނުގަދަ ކަމަށާއި ހުކުރު ނަމާދާއި ޢީދު ނަމާދާއި ރަމަޟާންމަހުގެ ތަރާވީހު ނަމާދާއި ދަމު ނަމާދުގައި ހޫނުކަމުގެ އިޙްސާސް ވަރަށް ބޮޑަށް ކުރެވޭކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ. ޝައިޚް ވިދާޅުވީ މިސްކަތްތަކަށް ކުރާ މިފަދަ ހަދިޔާއަކީ ދިރި ހުންނަ އެއްޗެއް ކަމަށާއި ދެދުނިޔޭގައި އެކަމުން މަންފާ ކުރާނެ ކަމެއް ކަމަށެވެ.މިދިޔަ ރޯދަ މަހަށް ޙާއްސަކޮށްގެން އިސްލާމީ މަރުކަޒުގައި ބޮޑު 2 ފަންކާ ހަރުކޮށްފައިކަން ފާހަގަކޮށްލެވެއެވެ.