އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް)އިން އެކައުންޓިންގ ދާއިރާއާ ގުޅޭ ޚާއްސަ ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ. މިސެޝަން ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ.
ސީ.އޭ މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ މި ސެޝަންގައި އެކައުންޓިންގ ދާއިރާއިން އިންކަމް ސަޕޯޓުގެ ޕްރޮޖެކްޓް ދަށުން ސްކޮލަރޝިޕްގެ ފުރުސަތު ބޭނުންވާ ކުދިން އެފުރުސަތު ފަހިކޮށްދިނުމަށް ބޭއްވި ސެޝަނެކެވެ. މިސެޝަންގައި އެކައުންޓިންގ ދާއިރާއާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދިނުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި އެކައުންޓިންގ ދާއިރާއާ ގުޅޭ މުހިންމު މައުލޫމާތުތަކާއި އަދި އެ ދާއިރާއިން ރާއްޖޭގައި ކުރިއަށް ދިޔުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުންވަނީ މަޢުލޫމާތުދީފައެވެ. އަދި މިސެޝަންގައި ސައިކޮލޮޖިސްޓަކާއެކު މައުލޫމާތު ދިނުންވެސްވަނީ ކުރިއަށް ގެންގޮސްފައެވެ.
މީގެ އިތުރުން މި ސެޝަންގައި ސުވާލާއި ޖަވާބު ދިނުމާއި، ރާއްޖޭގެ އެކައުންޓިންގ ދާއިރާގައި ހަރަކާތްތެރިވާ ޕްރޮފެޝަނަލުންނާއިއެކު ޚާއްސަ ޕެނަލް ޑިސްކަޝަންއެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެފައިވަނީ ސީ.އޭ މޯލްޑިވްސްގެ ކައުންސިލް މެންބަރުން ކަމުގައިވާ ފާތިމަތު ރަޒީނާ އާއި ރިފާތު ޖަމީލް އާއި މުހައްމަދު ހަލީމްއެވެ.
ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ސީ.އޭ މޯލްޑިވްސްގެ ކައުންސިލް މެންބަރ ރިފާތު ޖަމީލް ވިދާޅުވީ އެކައުންޓިންގ ދާއިރާއަކީ އެންމެ ރަނގަޅު އެއް ދާއިރާ ކަމަށެވެ. އަދި މިދާއިރާއަކީ ވަކި ތަނަކަށް ނުގޮސް ރާއްޖޭގައި ތިބެގެންވެސް ކުރިއަށް ދިޔުމަށް ގިނަ ފުރުސަތުތަކެއް އޮތް ދާއިރާއެއްކަމަށް ރިފާތު ވިދާޅުވިއެވެ.
"އެކައުންޓިންގ ބެކްގްރައުންޑެއް ހުރެގެން ކުރިއަށްދާނަމަ އެއީ އެންމެ ފަސޭހަ އެއް ދާއިރާ. ޓެކްސްގެ ދާއިރާއަށް ބަލާއިރުވެސް، އެކައުންޓިންގ، ފައިނޭންސް، މެނޭޖްމަންޓް މިހުރިހާ ދާއިރާއަކަށް ބަލާއިރުވެސް އެކައުންޓިންގ ގެ ދާއިރާއިން ކުރިއަށްދެވޭނެ އަދި ކެރިއަރ ބިލްޑް ކުރެވޭނެ. އެހެންވީމަ އެންމެ ޑިމާންޑް ބޮޑު އެއް އޭރިޔާ މި" ސީ.އޭ މޯލްޑިވްސްގެ ކައުންސިލް މެންބަރ ރިފާތު ޖަލީލް ވިދާޅުވިއެވެ.
Auditor General and President of CA Maldives, Mr. Hussain Niyazy, along with the delegates of CA Maldives, paid a courtesy call to the Minister of Higher Education Dr. Ibrahim Hassan.
— CA Maldives (@icamaldives) May 15, 2022
During the meeting, potential scholarship opportunities for accounting courses were discussed. pic.twitter.com/diUtGbQ7y3
ސީއޭ މޯލްޑިވްސްއިންވަނީ އެކައުންޓިންގ ދާއިރާއިން ހުރި ސްކޮލަރޝިޕްގެ ފުރުސަތުތަކާއި ގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން އާއިއެކުވެސް މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާގައި އޮޑިޓަރ ޖެނެރަލްއާއި ސީއޭ މޯލްޑިވްސްގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސީ.އޭ މޯލްޑިވްސްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދިވެހިރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން ބައިނަލްއަޤްވާމީ އުސޫލުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގާ ބެލެހެއްޓުމެވެ. އަދި އިންސްޓިޓިއުޝަނަލް ކެޕޭސިޓީ ބިލްޑް ކުރުމާއި، ބައިނަލްއަގްވާމީ ދުނިޔެ ބަލައިގަންނަ އިންސްޓިޓިއުޓަކަށް ހެދުމާއި، ސީ.އޭ މޯލްޑިވްސްގެ މެންބަރުންނަށާއި ގައުމަށް ލާބަހުރި މަސައްކަތްތަކެއް ކޮށްދީ، މި ޕްރޮފެޝަންއަކީ އިތުބާރުހިފޭ، ފަހި ފުރުސަތުތަކެއް އޮތް ޕޮރޮފެޝަންއަކަށް ހެދުމަކީ ސީއޭ މޯލްޑިވްސްގެ މައިގަނޑު އަމާޒެވެ. އެގޮތުން ސީއޭ މޯލްޑިވްސްގެ ހިންގުން ހަރުދަނާ ބިންގަލެއްގެ މަތީ ކުރިއަށް ގެންދިޔުމަށްޓަކައި މިދިޔަ އަހަރު ސީއޭ މޯލްޑިވްސްގެ ކުރިއަށްއޮތް 3 އަހަރުގެ ސްޓްރެޓެޖިކް ޕްލޭންވެސް ވަނީ ކަނޑައަޅާފައެވެ.