ވިޔަފާރި

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 30 ގައި


16 މެއި 2019: އެސްޓީއޯ ގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން / ފޮޓޯ: މުޙައްމަދު އާދަމް - ޕީއެސްއެމް ނިއުސް

ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން ރަޖިސްޓަރ ކުރަންޖެހޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މި ޖަލްސާ އޮންނާނީ ކްރޮސްރޯޑްގައި 30 ވަނަ ދުވަހުގެރޭ 2100 ގައެވެ. މިޖަލްސާގައި އޮންލައިންކޮށާއި، ޖަލްސާއަށް ވަޑައިގެންވެސް ބައިވެރިވެވޭނެއެވެ.

16 މެއި 2019: އެސްޓީއޯ ގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން / ފޮޓޯ: މުޙައްމަދު އާދަމް - ޕީއެސްއެމް ނިއުސް

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް އެކުންފުނީގެ ބޯޑުން ވަނީ ނިންމާފައެވެ. އެހެންކަމުން އަހަރީ އާންމު ޖަލްސާގައި މިކަން ފާސްކުރުން އޮންނާނެއެވެ.

އެސްޓީއޯއިން ހިއްސާއަކަށް 65ރ. ބެހުމަށް ނިންމާފައިވާއިރު، އެކުންފުނިން މިދިޔަ އަހަރު ހިއްސާއަކަށް ބަހާފައިވަނީ 60ރ. އެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު 5ރ. އިތުރުވުމެކެވެ. އަދި 2020 ވަނަ އަހަރު ބަހާފައިވަނީ 58ރ. އެވެ.