ދުނިޔެ

ބައިނަލްއަޤްވާމީ ހިއްސާގެ ބާޒާރުތަކުގެ އަގުތައް އުފުލިއްޖެ


ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން އޭޝިޔާގެ ހިއްސާގެ ބާޒާރުގެ އަގުތަކާއި ޑޮލަރުގެ އަގުތައް އުފުލިއްޖެއެވެ.ސާފުނުކުރާ ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން ޖަޕާނުގެ ނިކެއި އިންޑެކްސް ވަނީ 0.5 އިން ސައްތަ އުފުލިފައިވެއެވެ. އަދި، ކޮރެއާގެ ކޮމްޕޮސިޓް ސްޓޮކް ޕްރައިސް އިންޑެކްސް ވެސް ވަނީ 0.4 އިންސައްތަ ކުރިއަށް ޖެހިފައިވެ އެވެ. މީގެ އިތުރުން، ހޮންގކޮންގްގެ ހޭންގްސެންގް އިންޑެކްސް ވަނީ 0.85 އިންސައްތަ މައްޗަށް ޖެހިލާފަ އެވެ.ބައިނަލްއަޤްވާމީ ބާޒާރުތަކަށް ހެޔޮ ބަދަލު އައި ނަމަވެސް، ޗައިނާގެ ޝަންހާއި ކޮމްޕޮސިޓް އިންޑެކްސް ވަނީ 0.6 އިންސައްތަ ދަށްވެފައެވެ. ހިއްސާގެ ބާޒާރު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި މި ވަރަށް ޗައިނާގެ ހިއްސާގެ ބާޒާރު ދަށްވެފައި ވަނީ އުފެއްދުންތެރިކަމާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތަކުން ލިބިފައިވާ ގެއްލުންތަކުގެ ސަބަބުންނެވެ. ބައިނަލްއަޤްވާމީ ހިއްސާގެ ބާޒާރުތަކަށް ބަދަލު އައި ނަމަވެސް، ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އިންވެސްޓަރުން އިތުރަށް އިންވެސްޓްކުރުމަށް ފަސްޖެހޭ ކަމަށް ހިއްސާގެ ބާޒާރު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.