މިއަހަރުގެ ޓްރައި- ފެކްޓަރ ވޯލްޑު ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
މިއީ ސިންގަޕޫރުގެ ކުންފުންޏެއްކަމަށްވާ އޮރެންޖު ރޫމުން ބާއްވާ ހަރަކާތެކެވެ. ޕެންޑަމިކާ ގުޅިގެން މި މުބާރާތް ނުބާއްވާތާ މިހާރު 3 އަހަރު ވަނީ ވެފައެވެ.
މި އަހަރުގެ ޓްރައި- ފެކްޓަރ ވޯލްޑު ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ 9 އިން 12އަށެވެ. މި މުބާރާތުގައި ދެ ކެޓަރީއެއް ހިމެނޭނެއެވެ. އެއީ އެލައިޓު އަދި އޭޖު ގުރޫޕެވެ.
މި މުބާރާތް ރާއްޖޭގައި ބާއްވަން ނިންމާފައިވާކަން އުޢުލާންކުރުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމް ވިދާޅުވެފައިވަނީ، މިއީ މަޤްބޫލް ސްޕޯޓްސް ޑެސްޓިނޭޝަނަކަށް ރާއްޖެ ހެދުމަށް މުހިންމު ހަރަކާތެއް ކަމަށެވެ. އަދި ކާމިޔާބު ކަމާއި އެކު މި ހަރަކާތްކުރިއަށް ގެންދިޔުމަށް ޓޫރިޒަމް މިނިސްޓްރީން އެއްބާރުލުން ދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
Another important step towards making the #Maldives a favourite sports destination.
— Abdulla Mausoom (@Mausoom_Maus) May 14, 2022
Look forward to work with #MoveMaldives to make the
Triathlon: #TriFactor World Championship 2022 in Maldives in November a success. @MvTourism50
https://t.co/C1waB6lfEp
އެންމެ ފަހުން ޓްރައި - ފެކްޓަރ ވޯލްޑު ޗެމްޕިއަންޝިޕް ބާއްވާފައިވަނީ 2018ވަނަ އަހަރު ޗައިނާގައެވެ.
މި ޓްރައި – ފެކްޓަރ ވޯލްޑު ޗެމްޕިއަންޝިޕްގެ ފޯމެޓަށް މިއަހަރުވަނީ ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޓްރައި ފެކްޓަރ އޭޝިއާ ކަޕްގެ ނަމުގައިވެސް މިއަހަރުގެ އޮގަސްޓުމަހުގެ 13-14އަށް މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން ޓްރައި – ފެކްޓަރ ކިޑްސްގެ ނަމުގައިވެސް މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.