ޚަބަރު

ޝޭޑީކެބިން ތަޢުފީޤް : ކުލީ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިން ޚިދުމަތްތެރިއެއް


ކުލީ ތަކެތި ދޫކުރާ ތަނެއްގެ ވާހަކަ އެހުމުން ކޮންމެ މީހެއްގެ ހިތަށްވެސް އެންމެ ފުރަތަމަ އަންނަނީ "ޝޭޑީ ކެބިން ރެންޓަލްސް"އެވެ. ޝޭޑީކެބިން ރެންޓަލްސްގެ ހިޔާލު އުފެއްދީ މިއަދު އަޅުގަނޑުމެންނާއި ވަކިވެގެންދިޔަ މއ.ޝޭޑީކެބިން މުހައްމަދު ތައުފީގުއެވެ. މި ވިޔަފާރި އުފެދުނު ސީދާ ތާރީހެއް ބުނަން ނޭގުނު ނަމަވެސް، ގިނަ އަދަދެއްގެ ޕައިލެޓުން އުފެދިފައިވާ މުޅި އާއިލާގެ ހުރިހާ ކުދިންނަށް ކިޔަވައި ދިނީ މި ވިޔަފާރިން ހޯދި މަންފާއިންނެވެ. މިއަދު ތައުފީޤް ދުނިޔެ ދޫކޮށް އެދިޔައީ ދިވެހި ރައްޔިތުންނަށް ކުލީ ތަކެތި ދޫކޮށް، މިދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައެވެ.

ތަކެތި ކުއްޔަށް ދިނުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ ޝޭޑީ ކެބިންގެ ވެރިޔާ މުހައްމަދު ތައުފީގު އަވަހާރަވީ އުމުރުފުޅުން 66 އަހަރުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަވަހާރަވީ ހޮޑުލައި ބޭރަށް ހިންގާތީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށެވެ. އޭނާ އަވަހާރަވިއިރު ފަސް ބޭފުޅުންނާއި، އަނބިކަނބަލުން ދުނިޔޭގައި އެބަތިއްބެވެ. ޝޭޑީ ކެބިންގެ ވެރިޔާ މުހައްމަދު ތައުފީގު މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 8:00 އިން ފެށިގެން އާސަހަރާގައެވެ. އަދި ކަށު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.

ޝޭޑީ ކެބިން "ބްރޭންޑު" އުފެދުނު ތާރީހެއް ބުނަން ނޭގުނުނަމަވެސް މި ވިޔަފާރި އޭނާ ފަށާފައިވަނީ 20 ވަރަކަށް ތައްޓާއި 10 ވަރަކަށް ސަމުސާ ލަންކާއަށް ގެނެސްގެން ކުޑަކޮޓަރިއެއްގައި ފަށައިގެންނެވެ. މި ވިޔަފާރި ފުޅާ ކުރަމުން ގޮސް މީހުން އުފުލާ ވެހިކަލް ކުއްޔަށް ދޫކުރުމުގެ މަސައްކަތްވެސް ކުރިއެވެ.

މޝޭޑީ ކެބިން ތައުފީގް ވަނީ، އޭނާ އިސްވެ ޝޭޑީކެބިން އާއިލާގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފުރަގަހުގައި އިމާރާތްކުރި މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން ނަމުގައި ވަރަށް ރީތި މިސްކިތެއް ބިނާކުރައްވާފައެވެ.