ދުނިޔެ

މެދުފަންތީގެ ރައްޔިތުންނަށް އިސްކަން ދޭން ޖެހޭ - ބައިޑަން


ޤައުމުތަކުގެ މެދު ފަންތީގެ
ރައްޔިތުންނަކީ އިޤްތިސާދުތަކާއި ޑިމޮކްރަސީތަކުގެ މައިބަދަ ކަމަށާއި ކުންފުނިތަކުން މަސައްކަތްތެރިންނާއިމެދު ޢަމަލުކުރަމުންދާގޮތްތައް ހަރުދަނާ ކުރަން ޖެހޭކަމަށް
އެމެރިކާގެ ނާއިބު ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.





ސުވިޓްޒަލޭންޑްގެ ޑާވޯސްގައި
މިހާރު ކުރިއަށްދާ ވޯލްޑް އިކްނޮމިކް ފޯރަމްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ
ނާއިބު ރައީސް ބައިޑަން ވިދާޅުވީ، ޤައުމުތަކުގެ މެދު ފަންތީގެ ރައްޔިތުންނާއި މެދު
ސަރުކާރުތަކުންނާއި ބޮޑެތި ކުންފުނިތަކުން މިހާރު ޢަމަލުކުރަމުންދާ ސިޔާސަތަށް
ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. އަދި  މެދު ފަންތީގެ ރައްޔިތުންގެ މުހިއްމުކަން
ވިސްނައި، މިކަމުގައި ހަރުދަނާ ފިޔަވަޅުތަކެއް އެކުލަވާލުމަށް ވެސް އެމެރިކާގެ
ނާއިބު ރައީސް ޖޯ ބައިޑަން ވަނީ ގޮވާލައްވާފައެވެ.





ޑާވޯސްގައި ކުރިއަށްދާ ވޯލްޑް
އިކޮނޮމިކް ފޯރަމްގެ ބައްދަލުވުމަކީ އެޖަމާއަތުން ކޮންމެ އަހަރަކު ވެސް ބާއްވާ
ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ޤައުމުތަކުގެ އިސް އޮފިޝަލުންނާއި ބައިނަލްއަޤްވާމީ ކުންފުނިތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.