ޚަބަރު

ހަތަރު ރަށެއްގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރަން ހަވާލުކޮށްފި


މިނިސްޓްރީ އޮފް ޔޫތް ސްޕޯޓް އެންޑް ކޮމިޔުނިޓީ އެންޕަވަމަންޓްއިން 4 ރަށެއްގެ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެއްބަސްވުންތައް ޤާއިމްކޮށްފައިވަނީ ބ.ކަމަދޫ ފުޓްބޯޅަ ދަނޑާއި، ޅ ކުރެންދޫ ފުޓްބޯޅަ ދަނޑާއި، ލ ފޮނަދޫ ފުޓްބޯޅަ ދަނޑުގެ އިތުރުން ހަމަ އެއަތޮޅު ގަމު މަތިމަރަދޫ ފުޓްސަލް ދަނޑުގެ މަސައްކަތްތަކެވެ.

ބ.ކަމަދޫ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސްގެ މަސައްކަތްކުރުމަށް ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ ސައިޓް ހަވާލުކުރާތާ 45 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 2.5 މިލިއަން ރުފިޔާއަށެވެ.

ޅ.ކުރެންދޫ ފުޓްބޯޅަ ދަނޑުގައި ތަަރައްޤީކުރާ ރޮސްޓްރަމް އެޅުމުގެ މަސައްކަތް 135 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް ހަވާލުކުރީ ފޮނުމަތް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާއެވެ. އެމަސައްކަތަށް ހަވާލުރީ 4 މިލިއަން ރުފިޔާ އަށެވެ.

ލ ފޮނަދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތް އާރު. ޖީ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2،615،312.15 ރުފިޔާއަށެވެ. އެއްބަސްވުމުގައިވާގޮތުން މިމަސައްކަތް 57 ދުވަސްތެރޭގައި ނިންމަންޖެއެވެ.

އަދި ހަމަ އެއަތޮޅު ގަމު މަތިމަރަދޫ ފުޓްސަލް ދަނޑުގެ މަސައްކަތް ކޮޕެއިންސް އިންވެސްޓްމަންޓާ ހަވާލުކުރީ 53 ދުވަސްތެރޭގައި މަސައްކަތް ނިންމާގޮތަށް 1،620،647.30 ރުފިޔާއަށެވެ.

މި ހަތަރު ރަށުގެ އިތުރުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަންނަނީ ތަރައްގީ ކުރުމުންނެވެ.