ޚަބަރު

ޢީދު ދުވަހުގެ މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފި


ޢީދު ދުވަހުގެ ހެނދުނު މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.

ޢީދު ދުވަހު މާލޭގައި ވަނީ ނުރައްކާތެރި 2 މާރާމާރީއެއް ހިންގައި، 4 މީހަކު ޒަޚަމުކޮށްލާފައެވެ. އޭގެ ތެރެއިން އެއް މާރާމާރީ މާވެޔޮ މިސްކިތް ކައިރީގައި ހިންގާފައިވާއިރު، އަނެއް މާރާމާރީ ހިންގާފައިވަނީ ޖަނަވާރީމަގާއި މަޖީދީމަގާއި ގުޅޭ ހިސާބުގައެވެ.

ފުލުހުން ބުނީ، ގއ.ގެމަނަފުށި، ކެނަރީގޭ އަހުމަދު ނާޒިހް، 27 ހައްޔަރުކޮށްފައިވާކަމަށާއި، އޭނާ ހައްޔަރުކުރީ މިމަހުގެ 10 ވަނަ ދުވަހުކަމަށެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

އީދު ދުވަހުގެ މާރާމާރިއައި ގުލިގެން މީގެކުރިންވެސް 4 މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފްއާއި، ގދ. ވާދޫ/ އުނިމާގެ، ހަސަން ޒިޔަން އިބްރާހިމް (18އ) ގެ އިތުރުން 15 އަހަރުގެ ކުޑަކުއްޖެކެވެ.

މި މާރާމާރިއާއި ގުޅިގެން ހޯދަމުންދާ މީހުން

  • ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)
  • ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
  • ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ)
  • ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ)

ފާއިތުވީ ދުވަސްތަކަށް ބަލާއިރު މާލެއާއި ހުޅުމާލޭ ސަރަޙައްދުގައި ވަޅިން ހަމަލާދިނުން އިތުރުވުމާއި ގުޅިގެން ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.