ކުޅިވަރު

2024 ވަނަ އަހަރުން ފެށިގެން ޗެމްޕިއަންސް ލީގުގައި 36 ޓީމު ވާދަކުރާނެ


ޔުއެފާ ޗެމްޕިއަންސް ލީގުގައި 2024 ވަނަ އަހަރުން ފެށިގެން 32 ޓީމުގެ ބަދަލުގައި 36 ޓީމު ބައިވެރިކުރާ ގޮތަށް ޔުއެފާއިން ބަދަލުގެނެސްފިއެވެ.

ޔުއޭފާއިން މިބަދަލު ގެނެސްފައިވާކަން ހާމަކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޔުއޭފާއިން ގެނައި މިބަދަލާއެކު ގްރޫޕް މަރްހަލާގައި ހަ މެޗްގެ ބަދަލުގައި އަށް މެޗް ކޮންމެ ޓީމެއްވެސް ކުޅެނެއެވެ. ޔުއޭފާއިން މިބަދަލު ގެނައުމަށް އެއްބަސްވުމަކަށް އާދެވުނު ކަމަށް ވީ ނަމަވެސް ކްލަބްގެ ތާރީހަށް ބަލާ ޗެމްޕިއަންސް ލިގުގެ ދެ ޖާގައެއް ކޮންމެ މުބާރާތުގައި ދިނުމުގެ ހިޔާލަށް އެއްބަސްވުމަކަށް އާދެވިފައެވެއް ނުވެއެވެ. އޭގެ ބަދަލުގައި އިތުރުވި ހަތަރު ޖާގައިގެ ތެރެއިން ދެ ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ ކުރީ ސީޒަންގައި އެޤައުމެއްގެ ލީގުގައި ދައްކާ ކުޅުމަށް ބަލާފައެވެ.

މިވަގުތު އެޤަވައިދު ވުޖޫދައް ގެންނަ ކަމަށްވާނަމަ އެދެފުރުސަތު ލިބިގެންދާނީ އިންގްލިޝް ޕްރިމިއަރ ލިގާއި ޑަޗް އެރެޑިވިސީ އަށެވެ. އަދި ތިންވަނަ ޖާގަ ލިބިގެންދާނީ ޔުއޭފާ ރޭންކިންގގެ ތިންވަނައިގާ އުޅޭ ޤައުމެއްގެ ފަސްވަނަ ތީމަކަށެވެ. ނަމަވެސް އެޓީމް ވާދަކުރަންޖެހޭނީ ކޮލިފައިންގ ރައުންޑްގައެވެ.

މިބަދަލާއެކު ގްރޫޕް މަރްހަލާފައި ކޮންމެ ޓީމެއްވެސް ހޯމް އެންދް އެވޭ އުސޫލުން އަށް މެޗް ކުޅެނެއެވެ. އަދި މިހާރު އަށް ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެންމެ މަތި ހާސިލް ކުރާ ދެ ޓީމް ދެވަނަ ބުރަށް ކޮލިފައިގޮތަށް އޮތް ނަމަވެސް އާ ބަދަލާއެކު ހުރިހާ ޓީމެއް ހިމެނޭ ގޮތަށް އޮންނާނީ އެންމެ ލީގު ތާވަލެކެވެ.

ހުރިހާ މެޗަކަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ އަށް ޓީމް ދެވަނަ ބުރަށް ކޮލިފައިވާއިރު 9 ވަނައިން ފެށިގެން 24 ވަނަ އާއި ދެމެދުގައިވާ ޓީމްތަށް ދެލެގްގެ ޕްލޭ އޮފް ދެމެޗް ކުޅެން ޖެހޭނެއެވެ. އަދި އޭގެތެރެއިން ދެވަނަ ބުރަށް ދާތީ އެޕްލޭ އޮފް މެޗްތައް ކާމިޔާބުކުރާ ޓީމްތަކެވެ. ޔުއޭފާއިން ހާމަކުރުގިތުގައި ޔޫރޮޕާ ލީގާއި ޔޫރޮޕާ ކޮންފަރެންސް ލީގުވެސް 2024 ވަނަ އަހަރުން ފެށިގެން ކުރިއަށް ދާތީ މިފޯމެތަށެވެ.

ޔުއޭފާއިން މިބަދަލުތައް ގެނެސްފައިވަނީ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން އާއި ގިނަ ދުވަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހުއެވެ.