ކުޅިވަރު

މާޒިޔާ އިން ހުޅުވާލި ޓްރަޔަލްއަށް ރަނގަޅު ތަރުހީބެއް


މާޒިޔާ ޓީމްގައި ބައިވެރިވުމަށް ހުޅުވާލި ޓްރަޔަލްއަށް
ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށް އެކްލަބުން ބުނެފިއެވެ. މިއަދު ޓްރަޔަލްއަށް
ހުޅުވާލިއިރު، މާޒިޔާގެ ތިން ޓީމަކަށް ކުޅުންތެރިން ނެގުމަށް ސަމާލުކަން ދޭ ކަމަށް
އެކްލަބުން ބުނެއެވެ. އެގޮތުން 19 އަހަރުން ދަށާއި، 21 އަހަރުން ދަށުގެ
އިތުރުން މާޒިޔާ ބޮޑު ޓީމަށްވެސް ޓްރަޔަލްއިން ފާހަގަވާ ކުޅުންތެރިންނަށް ފުރުސަތު
ލިބޭނެ ކަމަށް މާޒިޔާގެ ޖެނެރަލް ސެކެޓްރީ އަބްދުލް ވައްހާބު ވިދާޅުވިއެވެ. " ޓްރަޔަލްއަށް ބަލާއިރު ވަރަށް ރަނގަޅު ޒުވާން ކުދިން ފެނޭ. މާޒިޔާގެ ތިން ޓީމުން މިއޮތީ ފުރުސަތު ހުޅުވާލާފަ. ހާއްސަކޮށް ޒުވާން ދެޓީމަށް ވަރާށް ބޮޑަށް މިއޮތީ ފުރުސަތު ހުޅިވިފަ" ވައްހާބު ވިދާޅުވިއެވެ.މިއަދުގެ ޓްރަޔަލްގައި
ތިރީހަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވި ކަމަށާއި، ކުރިއަށް އޮތް ހަތަރު
ދުވަހުވެސް ޓަރފް ދަނޑުގައި މާޒިޔާގެ ޓްރަޔަލް ކުރިއަށްދާނެ ކަމަށް އެކްލަބުން
ބުނެއެވެ. އާ ސިޒަނަށް ތައްޔާރުވުމަށް މާޒިޔާގެ ފަރިތަކުރުން ފަށާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އަދި ސީޒަން ފެށުމުގެ ކުރިން އަންނަ މަހު ކުރީކޮޅު
ރާއްޖެތެރެއަށް ކޭމްޕް ދިއުމަށް ނިންމާފައިވާ ކަމަށްވެސް އެކްލަބުން ބުނެއެވެ.