ޚަބަރު

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސްކުރައްވައިފި


ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި އެޤައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކުރައްވައިފިއެވެ.

އެމިނިސްޓްރީން މިގޮތަށް އިލްތިމާސްކުރެއްވީ މުޅި ސްރީލަންކާ ހިމެނޭގޮތަށް މިވަގުތު ސްރީލަންކާގައި ކާފިއު އިޢުލާނު ކޮށްފައިވާތީއެވެ.
އެހެންކަމުން ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނާއި ސްރީލަންކާއަށް ދަތުރުކުރާ އެންމެހާ ދިވެހި ރައްޔިތުންވެސް، ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކަށް ސަމާލުކަންދިނުމަށް އެމިނިސްޓީން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަދި، އެޤައުމުގެ ޙާލަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ލިބެމުން ދާވަރަކަށް، އެ މައުލޫމާތު ރައްޔިތުންނާ ޙިއްޞާ ކުރައްވަމުންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ސްރީލަންކާގައި ދިވެއްސަކަށް އިމަޖެންސީ ޙާލަތެއް ދިމާވެއްޖެނަމަ، ހައިކޮމިޝަނުގެ ހޮޓްލައިން ނަންބަރު 0768816666 އަށް ގުޅުއްވުމަށްވެސް އެމިނިސްޓްރީން އެދެއެވެ.