ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ފުލެޓަށް އަލުން މީހުން ހޮވަނީ


ނުކުޅެދުންތެރިކަން
ހުންނަ މީހުންނަށް ހުޅުމާލެއިން ދޫކުރެއްވުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް
ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމްތައް އަލުން މުރާޖަޢާކުރައްވައި، އެ ފޯމްތަކަށް
އަލުން ޕޮއިންޓް ދެއްވައިގެން ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައެޅުއްވުމަށް
އެންޓި ކޮރަޕްޝަން ކޮމިޝަނުން ޖެންޑަރ މިނިސްޓަރީއަށް އަނގަވައިފިއެވެ.ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޫކުރެއްވުމަށް ކަނޑައަޅުއްވާފައިވާ 15
ފްލެޓް ދެއްވުމަށް ޖެންޑަރ މިނިސްޓްރީން ކުރައްވަންޖެހޭ ހުރިހާ ކަމެއް ނިންމަވާފައެވެ. މިއީ މި ލިސްޓު މުރާޖަޢާކުރެއްވުމަށް އެންގެވި ދެވަނަ ފަހަރެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޫކުރައްވާ ފްލެޓްތަކަށް
އަލުން މީހުން ހޮވުމަށް އެންގެވުމުގައި އެކަމާގުޅޭ 12 މައްސަލައެއް ފާހަގަކުރައްވާ
އޭސީސީން ޖެންޑަރ މިނިސްޓްރީގެ ސަމާލުކަމަށް ގެންނަވާފައިވެއެވެ.އޭސީސީން ފާހަގަކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުމާލެއިން
ފްލެޓްތައް ދޫކުރުމަށް 2015 ވަނަ އަހަރު އާންމު ކޮށްފައިވާ އުޞޫލުގެ ދަށުން
ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދީފައިވަނީ ހަމައެކަނި "ހާލަތު
ބަލާ ފޯމު"ގައި ހުރި މަޢުލޫމާތުތަކަށް ބުރަވެ، ނުކުޅެދުންތެރިކަން ހުންނަ
ފަރާތްތަކުގެ ބެލެނިވެރިން ދީފައިވާ މަޢުލޫމާތަކަކީ ސައްޙަ މަޢުލޫމާތުތަކެއް
ކަމުގައި ބަލައިގެން ކަމުގައި އޭސީސީން ފާހަގަކުރައްވާފައިވެއެވެ.